ads
ކޮވިޑް-19
50 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
ރާއްޖެެއިން އިތުރު 50 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 3188 ސާމްޕަލެއް ނަގާފައިވާއިރު ޕޮޒިޓިވްވީ 50 މީހުން ކަމަށެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުން 27 މީހުން ޕޮޒިޓިވްވެފައިވާއިރު، މަލެއިން ބޭރުން ފެނުނު ކޭސްތަކުގެ އަދަދު އުޅެނީ 23 ގައެވެ. އެއީ އަތޮޅުތަކުން ޕޮޒިޓިވްވި 16 މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 7 މީހެކެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ޖުމްލަ އަދަދު މިވަނީ 14،375 އަށް އަރާފަ އެވެ. އަދި ބަލި ޖެހުނު މީހުންގެ ތެރެއިން 13،474 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 845 ގަ އެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 61 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު ބަލީގައި މަރުވީ 49 މީހެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް