ads
ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު
ނަމާދަށްހުރި މީހަކަށް ޙަމަލަދިނުމަކީ ނުރައްކަލުގެ އިންޒާރެއް: ޝުޖާއު
ހުޅުމާލެ މިސްކިތެއްގައި ހުރި އުމުރުން ދުވަސްވީ މީހަކަށް ބިދޭސީއަކު ހަމަލާދިނުމަކީ ނުރައްކަލުގެ އިންޒާރެއް ކަމަށް ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީއެންސީގެ ނައީބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ހުޅުމާލެ އަޒީޒާ މިސްކިތް ތެރޭގައި ހުރި އުމުރުން ދުވަސްވީ މީހެއްގެ ގައިން ވަހެއް ދުވާތީ ކަމަށް ބުނެ އިންޑިއާ ފިރިހެނަކު އެމީހާ މިސްކިތުން ނެރުމަށް މަސައްކަތްކޮށް، މާރާމާރީ ހިންގާފައިވާކަން ފުލުހުން މިއަދު ވަނީ މީޑިއާތަކަށް ޔަގީންކޮށްދީފައެވެ. 

އެކަމާއި ގުޅިގެން ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހިންދޫ ދީނުގެ މީހެއްކަމަށް ބެލެވޭ ބިދޭސީއަކު ހުޅުމާލެ މަސްޖިދުލްއަޒީޒާ މޫސާ މިސްކިތައް މިއަދު އަރާ ނަމާދަށްހުރި މީހަކަށް ހަމަލަދިނުމަކީ ނުރައްކަލުގެ އިންޒާރެއް ކަމަށާއި އެއީ އިސްލާމްދީނާ ދެކޮޅަށް ހިންދޫ ދީނުގެ މީހުން ރާއްޖޭގައި ހަމަނުޖެހުން ހިންގުމުގެ ފެށުން ކަމަށެވެ.

 

އިންޑިއާ ފިރިހެނަކު އެމީހާ މިސްކަތުން ނެރުމަށް މަސައްކަތްކޮށް، މާރާމާރީ ހިންގާފައިވާ މައްސަލައިގައި އެ އިންޑިއާ މީހާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން ބުނެ އެވެ. އަދި އެ މާރާމާރިއާ ގުޅިގެން ބަލަން ޖެހޭ ކަންތައް ބަލައި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެ އެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް