ads
ރައީސް ޓްރަމްޕް-
ބައިޑެން ހުވާކުރުމުގެ ކުރިން ޓްރަމްޕް ވޮޝިންޓަން ދޫކޮށްދަނީ!
އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑެން ހުވާ ކުރުމުގެ ކުރިން އެގައުމުގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވޮޝިންޓަން ދޫކޮށް ދާން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ކަމާއި ގުޅުންހުރި މީހަކާއި ހަވާލާދީ ރޮއިޓާސް އިން ރިޕޯޓް ކުރާ ގޮތުގައި ބުދަ ދުވަހު ބައިޑެން ހުވާ ކުރަން ހަމަޖެހިފަ އޮތް އިރު ޓްރަމްޕް ވަނީ އަންގާރަ ދުވަހު ވޮޝިންޓަން ދޫކޮށް ދިއުމުގެ އިންތިޒާމް ހަމަޖައްސަވާފަ އެވެ.

އޭޕީ އިން ރިޕޯޓް ކުރާ ގޮތުގައި ޓްރަމްޕް އަންގާރަ ދުވަހު ވައިޓް ހައުސް ދޫކޮށް ވަޑައިގަންނަވާނީ ރަތް ކާޕެޓްގައި 21 ބަޑީގެ ސެލިއުޓް އަކަށް ފަހުއެވެ. 

ޓްރަމްޕް ވަނީ މީގެ ކުރިން އިންތިހާބީ ރައީސް ބައިޑެންގެ ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރި ނުވާނެ ކަމަށް އިއުލާން ކޮށްފައެވެ. މިއީ ފަހުގެ ތާރީހެއްގައި އެގައުމުގެ ރައީސެއް އިންތިހާބީ ރައީސްގެ ހުވާ ކުރުމުގެ ރަސްމިއްޔާތުގަ ބައިވެރި ނުވާ ފުރަތަމަ ފަހަރެވެ.

20%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
60%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް