ads
އަމީތާބް-
މިހާރު މީހުން ވާހަކަ ނުދައްކާ ހުންނަން ބުނޭ: އަމީތާބު
ބޮލީވުޑް މެގާ ސްޓާ އަމިތާބް އަކީ ފަހަކަށް އައިސް އެކި ކަންކަމާއި މެދު ހިތްހަމަ ނުޖެހިގެން މީހުންނަށް ފާޑުކިޔާ މީހެކެވެ.

އަމީތާބް ކުރި ޓްވީޓެއްގައި ބުނީ މިހާރު އޭނާ ވާހަކަ ގިނަކަމުން ގޮސް މީހުން އޭނާ ވާހަކަ ނުދައްކައި ހުންނަން ބުނާވަރުވެފައިވާ ކަމަށެވެ. 

އަމީތާބް އަކީ ވަރަށް ގިނައިން ޓްވިޓާ މެދުވެރިކޮށް ފޭނުންނާއި ވާހަކަ ދައްކައި އުޅޭ ތަރިއެކެވެ. ޓްވިޓާގައި ބައެއް ފަހަރު އަމީތާބު އޭނާގެ ފޭނުންނަށް ހިންދީ ބަސް ދަސްކޮށްދީ ވެސް އުޅޭ އެވެ. ނަމަވެސް އެކަންވެސް އަމީތާބްއަކަށް ރަނގަޅަކަށް ނުކުރެވެއެވެ. އަމީތާބް ހިންދީ ބަސް ކިޔައި ދޭއިރު ބައެއް ބަސްތައް އޮޅުވާލައިފަ ހުންނަކަން މީހުން ފާހަގަކޮށް މަލާމާތް ކުރެއެވެ.

ފޭނަކު ކުރި ޓްވީޓަކަށް ދިން ޖަވާބުގައި އަމީތާބު ބުނީ ކުރިން އޭނާގެ ގޭގެ ބޭރު ގޭޓާއި ގޭގެ ދޮރުގައިވެސް ހުންނަނީ ތަޅު ނުލައި ކަމަށެވެ. ނަމަވެސް މިހާރު މީހުން އޭނާއަށް އަންގަނީ ދެ ދޮރުގައި ވެސް ތަޅުލައި އަދި ދުލުގައިވެސް ތަޅުއަޅުވައިގެން ހުރުމަށެވެ. 

މިފަހުން ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށް އަމީތާބަށް ފަރުވާދީފައިވެ އެވެ. ބަލިން ރަނގަޅުވެގެން ދޫކޮށްލިތާ މިހާރު ދުވަސްތަކެއްވެފައިވާއިރު މިދިޔަ މަހު ތެރޭގައި އޭނާ ވަނީ އަލުން ފިލްމުގެ މަސައްކަތް ވެސް ފަށާފަ އެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް