ads
ވެންޑާވިޝަންގެ މެއިން ދެ ކެރެކްޓަރުން ----
ވެންޑާވިޝަން؛ ދިގު އިންތިޒާރެއްގެ ނިމުމެއް
މާވެލްގެ ފޭނުންނަށް އިއްޔެ އެއީ ހާއްސަ ދުވަހެކެވެ. މާވެލް ސްޓޫޑިއޯގެ ކުޑައިގެ ދަށުން ފޭނުންނަށް ދޫކޮށްލީ ވެންޑާވިޝަން ސީރީޒްގެ ދެ އެޕިސޯޑެވެ.

ހުކުރު ދުވަހު ޑިޒްނީ ޕްލަސްއިން މި ސީރީޒް ޕްރިމިއާ ކުރުމާއެކު މާވެލްގެ ގިނަ ފޭނުންތަކެއް ވަނީ މި ސީރީޒްގެ މިހާތަނަށް ރިލީޒް ކުރި ދެ އެޕިސޯޑު ބަލާފައެވެ. އެއާއެކު ގިނަ ސަޕޯޓަރުންގެ އިހުސާސްތައް ވަނީ ސޯޝަލް މީޑިއާއަށް ބަންޑުންކޮށްލާފަ އެވެ.

މި ސީރީޒްގެ ފުރަތަމަ ދެ އެޕިސޯޑު ރިލީޒް ކުރެވުމާއެކު ގިނަ ފޭނުންނެއް މިހާރުވެސް ވަނީ މި ދެ އެޕިސޯޑު ބަލާފައެވެ. އަދި ހުރިހާ އެޕިސޯޑުތަކެއް އެއްފަހަރާ ރިލީޒް ނުކުރުމުން އެވާހަކަ ދެއްކި ފޭނުންވެސް މަދެއްނޫނެވެ. ހަަމައެއާއެކު ގިނަ ފޭނުން ތަކެއް އަންނަނީ މި ސީރީޒްއަށް ތައުރީފުގެ ބަސްތައް އޮއްސާލާފައެވެ. 

ޖުމުލަ ނުވަ އެޕިސޯޑުގެ މި ސީރީޒްގެ ދެން ހުރި އެޕިސޯޑުތައް ރިލީޒް ކުރުމަށް ނިންމާފައިވަނީ ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަހު އެއް އެޕިސޯޑެވެ. އެއާއެކު މި ސީރީސްގެ ފުރަތަމަ ސީޒަންގެ އެންމެ ފަހު އެޕިސޯޑު ބެލުންތެރިންނާ ހަމައަށް އަންނާނީ މާޗް މަހުއެވެ.

ކޮންމެއަކަސް މި އަހަރަކީ މާވެލް ފޭނުންނަށް އުފާވެރި އަހަރަކަށް ވެގެން ދާނެއެވެ. އިއްޔެ ވެންޑާވިޝަން ރިލީޒް ކުރި އިރު، ދެން އެންމެ އަވަހަށް ރިލީޒް ކުރުމަށް ނިންމާފައިވަނީ ދަ ފެލްކަން އެންޑް ދަ ވިންޓާ ސޯލްޑާ ކަމަށް ހަބަރުތަކުން ބުނެއެވެ. އަދި އޭގެ ފަހުން ބްލެކް ވިޑޯ އަދި ލޯކީ ސީރީޒް ވެސް މިއަހަރު ތެރޭ ރިލީޒް ކުރުމަށް ނިންމާފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް