ads
ކޮވިޑް-19
ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ދެ މިލިއަނަށް
ދުނިޔެއިން ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު ދެ މިލިއަނުން މައްޗަށް އަރައިފި އެވެ.

ދުނިޔެއިން 93.8 މިލިއަން މީހުންނަށް ކޮވިޑް ޖެހުނުއިރު އެބަލީގައި މަރުވި މީހުންގެ އަދަދު 2.01 އަށް އަރާފައި ވަނީ އިއްޔެ އެވެ.

ދުނިޔޭގެ ތަފާސްހިސާބުތަކަށް ބަލާއިރު މި ބަލީގައި މަރުވި މީހުންގެ ތެރެއިން އެންމެ ގިނަ ބަޔަކު މަރުވެފައި ވަނީ އެމެރިކާ އިންނެވެ. އެގޮތުން އެގައުމުން 389,581 މީހުން މަރުވިއިރު ބްރެޒިލް އިން ވަނީ 207,095 މީހަކު މަރުވެފަ އެވެ. އަދި އިންޑިއާއިން 151,918 މީހުން މަރުވިއިރު މެކްސިކޯ އިން 137,916 މީހުން ވަނީ މަރުވެފަ އެވެ.

އޭގެ އިތުރުން ބްރިޓެއިން އިން މަރުވި މީހުންގެ އަދަދު 87,295 ގައި އުޅޭއިރު އިޓަލީން ކޮވިޑްގައި މަރުވީ 81,325 މީހެކެވެ. 

ކޮވިޑްގައި ދުނިޔެއިން މަރުވި މީހުންގެ އަދަދު މިލިއަނަކަށް އެރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. އެއީ ޗައިނާ އިން ކޮވިޑްގެ ފުރަތަމަ ކޭސް ރިޕޯޓްކުރެވުނުތާ ނުވަ މަސް ފަސް ނަމަވެސް މިފަހަރު ދެ މިލިއަނަށް އެ އަދަދު އަރާފައި މިވަނީ އެންމެ ހަތަރު މަސް ވެސް ނުވަނީހެވެ. 

މިދިޔަ ހަފްތާއަށް ބަލާއިރު ދުނިޔެއިން 13600 މީހަކު ވަނީ ކޮވިޑްގައި މަރުވެފަ އެވެ. ފާއިތުވި ހަފްތާގައި މަރުވި މީހުންގެ އަދަދު ވަނީ ވިހި އިންސައްތައަށް އިތުރުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް