ads
އިންޑިއާގައި އެންމެ ފުރަތަމަ ވެކްސިން ޖެހި މީހާ. އެ މީހާއަކީ ސެނިޓޭޝަން ނުވަތަ ތަންތަން ސާފުކުރުމުގެ މަސައްކަތުގައި އުޅޭ މީހެއް-- ފޮޓޯ: ގެޓީމ އިމޭޖަސް
އިންޑިއާގައި 1.3 ބިލިއަން މީހުންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމު ފަށައިފި
ދުނިޔޭގެ އެންމެ ގިނަ މީހުންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމު މިއަދު އިންޑިއާގައި ފަށައިފި އެވެ.

އެ ޕްރޮގްރާމް ފައްޓަވައިދެއްވީ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އެވެ. އެ ޕްރޮގްރާމުގެ ދަށުން 1.3 ބިލިއަން މީހުންނަށް ވެކްސިން ދޭނެ އެވެ. 

ކުރީ ސަފުގައި މަސައްކަތް ކުރާ މީހުންނަށް ޝުކުރު އަދާ ކުރެއްވުމަށް ފަހު މޯދީ ވިދާޅުވީ އެންމެ ފުރަތަމަ ވެކްސިން ދޭނީ އެމީހުންނަށް ކަމަށެވެ. 

ދުނިޔޭގައި ދެވަނައަށް އެންމެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައި ވަނީ އިންޑިއާގަ އެވެ. 

އެގައުމުގައި ދޭން ނިންމާފައިވާ ވެކްސިނަކީ އިންޑިއާ ކުންފުންޏަކުން އުފެއްދި ކޮވިޝީލްޑާއި ކޯވެކްސިން އެވެ.

އިންޑިއާގެ ވެކްސިން ޕްރޮގްރާމުގައި ހާއްސަ އެޕްލިކޭޝަނެއް ބޭނުން ކުރަން ވަނީ ނިންމާފަ އެވެ. އޭގެ ބޭނުމަކީ ވެކްސިން ދެވޭ މީހުންގެ އަދަދުތައް ރަނގަޅަށް ބެލެހެއްޓުމެވެ. 

އެ ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި 10 މިލިއަން ސިއްހީ މަސައްކަތްތެރިންނަށް ވެކްސިން ދޭނެ އެވެ. އޭގެ ފަހުން ވެކްސިން ދޭނީ ފުލުހުންނާއި، ސިފައިންނާއި، ކުރީ ސަފުގައި މަސައްކަތް ކުރާ އެހެން މީހުންނަށެވެ. 

އޭގެ ފަހުން އުމުރުން 50 އަހަރުން މަތީގެ މީހުންނާއި އުމުރުން 50 އަހަރުން ދަށުގެ ސިއްހީ މައްސަލަތައް ދިމާވެފައިވާ މީހުންނަށް ވެކްސިން ދޭން ވަނީ ހަމަޖެހިފަ އެވެ. 

ވެކްސިން ދިނުމުގައި ބަލާނީ ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ މީހުންގެ މައުލޫމާތަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދި އަންނަ އޯގަސްޓް މަހުގެ ކުރިން 300 މިލިއަން މީހުންނަށް ވެކްސިން ދީ ނިންމުމަށް އެގައުމުން ވަނީ އަމާޒުހިފާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް