ads
ޖަމާލުއްދީން ސްކޫލުގެ ދަރިވަރުންތަކެއް-- ފޮޓޯ: ޖަމާލުއްދީން ސްކޫލް
ސްކޫލުތައް ބަންދުކުރުމުގެ ވިސްނުމެއް ނެތް: އެޑިއުކޭޝަން
ރާއްޖޭގެ ސްކޫލުތައް ބަންދުކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ސީއެންއެމްއަށް މައުލޫމާތު ދެމުން އެޑިއުކޭޝަންގެ މީޑިޔާ އޮޕިޝަލް ވިދާޅުވީ ރާއްޖޭގެ ދަރިވަރުންނަށް ސްކޫލުތައް އަދިވެސް ބަންދުކުރަން ނިންމާފައި ނުވާ ކަމަށެވެ.

އަދި ދަރިވަރަކު ޕޮޒިޓިވްވެއްޖެ ނަމަ އެ ހާލަތަށް އަމަލުކުރާނޭ ގޮތް ވާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ކަމަށާއި ސްކޫލަކުން ދަރިވަރަކު ނުވަތަ ޓީޗަރަކު ޕޮޒިޓިވް ވިޔަސް ކިޔެވުން މެދުކަނޑާނުލާނެ ކަމަށް އެޑިއުކޭޝަނުން ބުންޏެވެ. 

އެޑިއުކޭޝަނުން މިހެން ބުނެފައިވާއިރު ގއ. ވިލިނގިލީގެ ގްރޭޑް 12 ގައި ކިޔަވަމުންދާ ދަރިވަރަކު ކޮވިޑަށް ޕޮޒިޓިވްވެ އެރަށު ސްކޫލު ވަނީ ބަންދުކޮށްފަ އެވެ. އަދި އެ ރަށް ވެސް މިހާރު އޮތީ މޮނިޓަރިންގެ ހާލަތުގަ އެވެ.

މީގެ އިތުރުން އަމީނިއްޔާ ސްކޫލުގައި ގްރޭޑް ތިނެއްގައި ކިޔަވައިދޭ ޓީޗަރަކު ވެސް ވަނީ ދާދި ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް