ads
ސާމީ އަގީލް
ޕެޓިޝަނުގެ ބޭނުމަކީ އަބުރު ކަތިލުން: ސާމީ އަގީލް
މިނިސްޓްރީ އޮފް ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަންގެ މުވައްޒަފުން އެ މިނިސްޓަރީއަށް ސާމީ އަގީލް ނުގެނުމަށް ޕެޓިޝަންއެއްގައި ސޮއިކޮއްފިވަތީ އެކަމަގުޅިގެން ސާމީ އަގީލް ރައްދެއް ދެއްވައީ އެއީ އޭނާގެ އަބުރު ކަތިލަން ކުރި ކަމެއް ކަމަށް ވިދާޅުވެއްޖެއެވެ.

ސިވިލް.ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހަށް  ޓްރާސްޕޯޓް މިނިސްޓަރީގެ މުއައްޒަފުން ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ރައީސް އުފެއްދި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އާއި ގުޅިގެން ކުރީގެ ރީޖަނަލް އެއާ ޕޯޓްސްގައި މަސައްކަތް ކުރެއްވި މުވައްޒަފުން ސަރުކާރުން އެހެން އިދާރާތަކަށް ބަދަލުވުމަށް ދެއްވި ފުރުސަތުގައި އެ ޑިޕާޓްމަންތްގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމުގައި ހުންނެވި ސާމީ އަގީލް ޓްރާންސްޕޯޓް މިނިސްޓަރީގެ ޑިރެކްޓަރް ޖެނެރަލްއަކަށް ބަދަލުކުރެއްވުމަށް ސިވިސް ސާވިސް ކޮމިޝަނުން އެދިފައިވާތީ އެއީ އެ ބޭފުޅުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއްކަމަށެވެ.

އެ ޕެޓިޝަނާ ގުޅޭގޮތުން ސީއެންއަށް މައުލޫމާތު ދެމުން ސާމީ އަގީލް ވިދާޅުވީ ޓްރާންސްޕޯޓު މިނިސްޓްރީގެ މުވަށްޒަފުން ހުށަހައިގެން އުޅޭ ސިޓީ އަކީ އެބޭފުޅާއަށް ޒަތީގޮތުން އެ މިނިސްޓަރީގެ އިސްވެރިން ކުރައްވައިގެން އުޅޭ ޖަރީމާއެއްކަމަށެވެ. އެއީ ޓްރާސްޕޯޓްގެ މައްސަލަކެއް ސާމީ އަގީލް މިހާރު ބައްލަވަމުން ދަތީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ޓްރާންސްޕޯޓްއިން ފޮނުވާފައިވާ ސިޓީގައި ފާހަގަ ކޮއްފައިވާ ކޮރަޕްޝަންގެ މައްސަލަތަކަކީ މިހާރު އޭސީސީއިން ކޮރަޕްޝަންގެ އަމަލެއް ނެތްކަމަށް ނިންމާފައިވާ މައްސަތަކެއް. މިހާރު އެ މައްސަލަތައް ސާބިތު ނުވުމުގެ ސަބަބުން ވަނީ ނިމިފަ،" - ސާމީ އަގީލް

ސާމީ ވިދާޅުވީ މީހެއްގެ އަބުރު ކަތިލަންވެސް ޓްރާންސްޕޯޓް މިނިސްޓަރީގެ މުއައްޒަފުން ހައްދުފަހަނަ އަޅަނީ ކަމަށާއި ނިމިފައި ހުރި މައްސަލަތެކެއްގެ ވާހަކަ ދެއްކުމަކީ ބޭކާރު ކަމެއް ކަމަށެވެ.

އަދި އީސް އުފެއްދި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އުފެއްދުމުން އެބޭފުޅާއަށް އެތަނުގެ ޑިރެކްޓަރް ޖެނެރަލްއަކަށް ވުމުން އެއީ ޓްރާންސްޕޯޓް މިނިސްޓަރީއާއި ބެހޭ ކަމެއް ނޫން ކަމަށާއި އެބޭފުޅާއަށް ސިވިލްސާވިސް ކޮމިޝަނުން ދެއްވަން ހަމަޖެހިފައިވާ މަގާމު ލިބުމަށް އެއްވެސް ފަރާތަކަށް ހުރަސް ނޭޅޭނެ ކަމަށެވެ.

ސާމީ އަގީލް ޓްރާންސްފޯޓު މިނިސްޓްރީގެ ޑިރެކްޓަރް ޖެނެރަލްއަކަށް ނުގެނެއުމަށް އެ މިނިސްޓަރީގެ ފަރާތުން 28 މުއައްޒަފަކު އެ ޕެޓިޝަންގައި ސޮއިކޮއްފައި ވެއެވެ.

އެއީ ސާމީ އަގީލް އަކީ ކޮރަޕްޝަނާއި ފަސާދައިގެ އެތައް އަމަލެއް ކުރިން މަސައްކަތްކުރެއްވި ތަންތަނުގައި ހިންގާފައިވާތީ ކަމަށްވެސް އެ ސިޓީގައިވެއެވެ. 

މީގެއިތުރުން ސާމީ އަގީލާއި ގުޅުންހުރި އެތަށް މައްސަލައެއް އޭސީސީން ވަނީ ތަހްގީގުކޮށް މީގެ ކުރިންވެސް ޝަރިއަތަށް ފޮނުވާފައި ކަމަށާއި ސާމީ އަގީލްގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންނަށް ބިރުދައްކައި ގާނޫނާއި ގާވާއިދާ ހިލާފަށް ވަނީ ވިޔަވަޅުއަޅާފައި ކަމަށް ވެސް އެ ސިޓީގައި ވެއެވެ.

އެގޮތުން ސާމީ ފިނޭންސް މިނިސްޓަރީގެ އިިވެކުއޭޝަން ސެކްޝަންގައި ހުންނަވައިގެން 2010 ވަނަ އަހަރު ދައުލަތުގެ ބޭނުމަށް 5 ކާރު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިއަށްގެންދިޔަ މަސައްކަތުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދުމުގެ ކުށުގެ ދައުވާކުރުމަށް އޭސީސީން ވަނީ ފޮނުވާފަކަމަށާއި އަދި އިމިގްރޭޝަންގެ ބޯޑްރް ކޮންޓްރޯލް ސިސްޓަމް ގެ ޕްރޮޖެކްޓް ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމުގައު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތްކަށް ނާޖާއިޒު ފައިދާ ހޯދާދިނުގެ މައްސަލައިގައި ވެސް ސާމީ އަގީލްގެ މައްޗަށް ދައުވާ ކުރަން ވަނީ އޭސީސީން ފޮނުވާފަކަށް އެ ސިޓީގައި ވެއެވެ. މީގެ އިތުރުންވެސް ސާމީގެ އިތުރުން 5 މައްސަލައަކަށް އެ ސިޓީގައި އަލިއަޅުވާލައިފައިވެއެވެ.

އެ މައްސަލަތަކުގެ އިތުރުން ތިން ފަހަރެއްގެ މަތިން ޓްރާސްޕޯޓް މިނިސްޓަރީގެ މުއައްޒަފުން ވާނީ ސާމީ އަގީލްގެ މައްސަލަ ހުށަހެޅުމަށް މަސައްކަތް ކޮށްފަކަމަށާއި ނަމަވެސް ކޮންމެ ފަހަރަކު ވެސް މައްސަލަ ހުށަހަޅަން މަސައްކަތްކުރާ މުވައްޒަފުންނަށް ގަވާއިދާއި ހިލާފަށް އިދާރީ ފިޔަވަޅު އަޅާ ކަމަށެވެ.

އެހެންކަމުން ޓްރާންސްފޯޓު މިނިސްޓްރީގެ ޑިރެކްޓަރް ޖެނެރަލްއަކަށް ސާމީ އަގީލް އައްޔަން ކުރުމަކީ އެ މިނިސްޓަރީގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެކި އުދަގޫތަކާއި ކުރިމަތިލާންޖެހޭނެ ކަމަކަށް ވުމުގެ އިތުރުން ދައުލަތަށް ވެސް ގެއްލުންވާނޭ ކަމަކަށް އެ ބޭފުޅުން ގަބޫލު ކުރައްވާނީ، ސިވިލްސާވިސް ކޮމިޝަނުން ޓްރާންސްފޯޓު މިނިސްޓްރީގެ ޑިރެކްޓަރް ޖެނެރަލްއަކަށް ސާމީ އަގީލް އައްޔަނު ކުރުމަށް އެދިލަށްވާފައިވާ އެދިލެއްވުމާ ދޭތެރޭ ވިސްނުމަށް ވެސް އެ ސިޓީގައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް