ads
ފޮޓޯ: އަވަސް
ކެންޑިޑެސީ ބާތިލްކުރި މައްސަލައިގައި އިދިކޮޅުން ކޯޓަށް
ޝަރުތު ހަމަނުވާތީ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ފަރާތުން ކުރިމަތިލި ކެންޑިޑޭޓެއްގެ ކެންޑިޑެސީ އިލެކްޝަން ކޮމިޝަން (އީސީ) އިން ބާތިލުކުރި މައްސަލަ ކޯޓަށް ވައްދާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ސިއެންއެމްއަށް މައުލޫމާތު ދެއްވަމުން ޕީއެންސީ ކޯލިޝަނުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ، އީސީން ޝަރުތު ހަމަނުވާކަމަށް ބުނެ ކެންޑިޑެސީ ބާތިލުކުރި ކަނޑޫދޫ ކައުންސިލްގެ ރައީސްކަމަށް ޕީޕީއެމްގެ ޓިކެޓުގައި ކުރިމަތިލި ހަސަން މޫސާގެ ކުށުގެ ރިކޯޑުގެ އެއްވެސް މައްސަލައެއް ނެތްކަމަށް ކޯޓުތަކުން ދީފައިވާ ލިޔުމާއިއެކު، އީސީން ވަނީ އޭނާގެ ކެންޑިޑެސީ ބަލައިގެންކަމުގެ ލިޔުން ހަވާލުކޮށްފައި ކަމަށެވެ. އެހެންކަމުން އެ މައްސަލަ ކޯޓަށް ވައްދާނެކަމަށް ހީނާ ވިދާޅުވިއެވެ. 

ހަސަން މޫސާއަކީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރުމަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތު ފުރިހަމަވާ ފަރާތެއް ނޫންކަމަށް އެކޮމިޝަނުން ކަނޑައަޅާފައި ވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ. އީސީން ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގައި ބަޔާންކުރާ، އިންތިހާބަށް ކުރިމަތިލާ މީހުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތު، ތ. ކަނޑޫދޫ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް ހަސަން މޫސާގެ ކިބައިގައި ފުރިހަމަނުވާކަން، އެކޮމިޝަނަށް ސާބިތުވާ ކަމަށެވެ. 

ކަނޑޫދޫ ކައުންސިލްގެ ރައީސްކަމަށް ދެ ކެނޑިޑޭޓަކު ކުރިމަތިލާފައިވެއެވެ. އެއީ ޕީޕީއެމްގެ ފަރާތުން ކުރިމަތިލި ހަސަން މޫސާއާއި އެމްޑީޕީގެ ފަރާތުން ކުރިމަތިލި އަހްމަދު ރީހާން އެެވެ. އެހެންނަމަވެސް އީސީން ހަސަން މޫސާގެ ކެންޑިޑެސީ ބާތިލްކުރުމާއެކު ކަނޑޫދޫ ކައުންސިލްގެ ރައީސްކަމަށް ދެވަނައަށް ކުރިމަތިލި އެމްޑީޕީގެ ކެންޑިޑޭޓް ރީހާން އަށް އެ ގޮނޑި ޔަގީންވާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް