ads
ކްލަބު އީގަލްސް މެންބަރުން މޯހަންއާ އެކު
އީގަލްސްގެ ކޯޗު ކަމުން މޯހަން ވަކިކޮށްފި
ގްރީން ސްޓްރީޓްސް އަތުން ބޮޑު ތަފާތަކުން ބަލިވުމާ އެކު ކްލަބު އީގަލްސްގެ ކޯޗުކަމުން މޯހަން ވަކިކޮށްފިއެވެ. މޯހަން އީގަލްސްގެ ކޯޗުކަމުން ވަކިކުރިކަން އެ ކަލަބުން ހާމަކޮށްފައިވަނީ މިއަދުއެވެ.

ކްލަބު އީގަލްސްއާ އެކު މިދިޔަ އަހަރުގެ ދިވެހި ލީގުގެ ދެވަނަ މަގާމު ހޯދައި، ކްލަބު އީގަލްސްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އޭއެފްސީ ކަޕުން ފުރުސަތު ހޯދައިދިން ކޯޗު މޯހަން މަގާމުން ވަކިކުރީ ދެ ފަރާތުން އެއްބަސްވެގެން ކަމަށް އީގަލްސްއިން ބުންޏެވެ. އީގަލްސްގެ ކޯޗު ކަމުގެ މަގާމުން މޯހަން ވަކިކުރީ ގްރީން ސްޓްރީޓްސް އަތުން ބޮޑު ތަފާތަކުން އީގަލްސް ބަލިވިތާ ސައުވީސް ގަޑިއިރުވެސް ނުވަނީހެވެ. 

މޯހަންވަނީ މިއަހަރުގެ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ފަހަތުން އަރައި ވަރުގަދަ މާޒިޔާ ބަލިކޮށްފައެވެ. ކުރިން ދ. ކުޑަހުވަދޫއަށް މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން މޯހަންވަނީ ނިއުރޭޑިއަންޓާ އެކު ބަލި ނުވެ ދިވެހި ލީގު ކާމިޔާބުކޮށްފައެވެ. އޭނގެ އިތުރުން ގައުމީ ފުޓްބޯޅަ މުބާރާތްވެސް މޯހަންވަނީ ނިއުއަށް ކާމިޔާބުކޮށްދީފައެވެ. 

ކުރިން ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަމުގެ މަގާމު އަދާކުރި މޯހަންއަކީ އެންމެ ފުރަތަމަ ސާފު ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެކެވެ. މޯހަންވަނީ އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމުވެސް ފުރާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް