ads
ހުޅުމާލެ އަޒީޒާ މިސްކިތް
މިސްކިތުގައި ހަމަލާދިން މައްސަލަ: ހައްޔަރުކުރި މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި
ހުޅުމާލޭ މިސްކިތެއްގައި ހުރި އުމުރުން ދުވަސްވީ މީހަކަށް ބިދޭސީއަކު ހަމަލާދިން މައްސަލައިގައި ފުލުހުން ހައްޔަރު ކުރި މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި އެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އިންޑިއާ ފިރިހެނެއް ކަމަށެވެ. އަދި އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި އެމީހާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ މީހާ ހައްޔަރު ކުރީ ހުކުރު ދުވަހު ހުޅުމާލެ އަޒީޒާ މިސްކިތް ތެރޭގައި ހުރި އުމުރުން ދުވަސްވީ މީހެއްގެ ގައިން ވަހެއް ދުވާތީ ކަމަށް ބުނެ އެމީހާ މިސްކަތުން ނެރުމަށް މަސައްކަތްކޮށް، މާރާމާރީ ހިންގައިފާ ވާތީ ކަމަށް ބުނެ ލިބުނު ރިޕޯޓަކާއި ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ވަނީ މި މާރާމާރިއާ ގުޅިގެން ބަލަން ޖެހޭ ކަންތައް ބަލާއި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް