ads
ފޮޓޯ: ބިލަބޮންގް އިންޓަނޭޝަނަލް ހައި ސްކޫލު
ޕޮޒިޓިވްވި ހަތަރު ދަރިވަރުން ސްކޫލަކަށް ނުދޭ: އެޗްޕީއޭ
ބިލަބޮންގް އިންޓަނޭޝަނަލް ހައި ސްކޫލުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ހަތަރު ދަރިވަރުން ސްކޫލަށް ހާޒިރުނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ބިލަބޮންގައި ކިޔަވަމުން އަންނަ އެއް އާއިލާއެއްގެ ހަތަރު ކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު އެޗްޕީއޭ އިން ބުނީ ޓްރޭސިން މުއްދަތުގެ ތެރޭގައި ހަތަރު ދަރިވަރުން ވެސް ސްކޫލަށް ހާޒިރުވެފައި ނުވާ ކަމަށާއި މިހެންކަމުން ސްކޫލުން ޓީޗަރަކު އަދި ދަރިވަރަކު ވެސް ކަރަންޓީނަށްދާން ނުޖެހޭ ކަމަށެވެ.

އެ ސްކޫލު ހިންގަމުން އަންނަ އައިލެންޑާސް ގްރޫޕުން ހަތަރު ދަރިވަރަކު ޕޮޒިޓިވްވެފައިވާކަން ކަށަވަރުކޮށްދީ ނެރުނު ބަޔާނުގައި ބުނީ އެ ދަރިވަރުންނަށް ކޮވިޑް ޖެހުނީ ސްކޫލުން ނޫންކަން ޔަގީންކުރެވިފައިވާ ކަމަށެވެ.

ބިލަބޮންގް ސްކޫލްގައި ވެސް ކިޔަވައިދެމުން އަންނަނީ އެޗްޕީއޭގެ ގައިޑްލައިންގައިވާ ގޮތަށް ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާއެކުގަ އެވެ. 

އެހެންނަމަވެސް މާލެ ސަރަހައްދުގައި ކޮމިއުނިޓީ ސްޕްރެޑް އޮތްހާ ދުވަހަކު ސްކޫލުތަކުން ވެސް ކޮވިޑްގެ ކޭސްތައް ފެންނާނެކަން ފާހަގަކޮށް އައިލެންޑާސް އިން ބުނީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އޮތީ ކޮވިޑްގެ ކޭސް ފެންނާނެ ކަމަށް ތައްޔާރަށް ކަމަށް ހައިލެންޑާސް ގްރޫޕުން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް