ads
މާލޭ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އަނަސް އަބުދުއް ސައްތާރު---
ބޯހިޔާވަހިކަމަށް ހައްލެއް ގެނެެސްދެވޭނެ ގާބިލުކަމެއް މުއިއްޒުގެ ނެތް: އަނަސް
މާލޭ ސިޓީގެ ބޯހިޔާވަހިކަމަށް ހައްލެއް ގެނެސްދެވޭނެ ވަރުގެ ގާބިލުކަން ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ ކިބައިގައި ނެތް ކަަމަށް މާލޭ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އަނަސް އަބުދުއް ސައްތާރު ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ވާދަވެރިކަން ބޮޑުވެ މާލެ މޭޔަރުކަމަށް ޕީޕީއެމްގެ ފަރާތުން ކުރިމަތިލާފައިވާ ޑރ. މުއިއްޒު އާއި އެމްޑީޕީގެ ފަރާތުން ކުރިމަތިލާފައިވާ އަނަސް ދަނީ ހޫނު ބަހުގެ ހަމަލާތައް އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ރައްދުކުރަމުންނެވެ. އަދި އެކަމުގެ ތެރެއިން އެންމެ ބޮޑަށް ވަކާލާތުކުރައްވާ އެއް ކަމަކީ މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމާއި ބެހޭ ގޮތުންނެވެ. 

އެކަމާއި ގުޅިގެން އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އަނަސް ވިދާޅުވީ، ދެ ވެރިކަމުގެ ހައުސިން މިނިސްޓަރުކަން މުއިއްޒު ނިންމާލެއްވީ މަގުމަތި ކޮށްލި ގުޅީފަޅުން ބޯހިޔާވަހިކަން ލިބުނު ފަރާތްތަކަށް ހައްލެއް ހޯދައި ނުދެވި ކަމަށެވެ. އަނަސް ވިދާޅުވީ އެކަމުން އެކަނިވެސް ދައްކުވައި ދެނީ މާލޭގައި އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނެސްދެވޭނެ ގާބިލުކަން ޑރ. މުއިއްޒު ކިބައިގައި ނެތްކަން ކަމަށެވެ. 

މީގެ އިތުރުން އަނަސް ވަނީ ޑރ. މުއިއްޒު ހަތް އަހަރު ހައުސިން މިނިސްޓަރުކަން ކުރެއްވީ ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނެސްގެން ކަމަށް ވެސް ވިދާޅުވެފައެވެ. އަދި "ބާރުތައް ނަންގަވައިގެން މާލެ ރައްޔިތުންނަށް ދުއްތުރާ ކުރުން ނޫން ކަމެއް ނުކުރައްވާ" ކަމަށް ވެސް އަނަސް ވަނީ ވިދާޅުވެފައެވެ. 

ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް މުއިއްޒު ކުރިމަތިލުމަށް ނިންމާފައިވާއިރު، މުއިއްޒުއާ ދެކޮޅަށް ބަޔަކު އެންޓި ކެމްޕެއިން ކުރާ ކަމަށް އިދިކޮޅުން ތުހުމަތުކުރެއެވެ. އެކަމާއި ގުޅިގެން އިދިކޮޅުގެ ގިނަ މެމްބަރުންތަކެއް ދަނީ މުއިއްޒު ދިފާއުކުރައްވާ ވާހަކަދައްކަވަމުންނެވެ. އެގޮތުން މުއިއްޒު އަކީ "ކޮންކްރީޓް މޭން" އެއްގެ ގޮތުގައި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ޝުޖާއު ސިފަކުރެއްވިއިރު، ހައުސިން މިނިސްޓަރު ކަމުގައި ހުންނަވައިގެން މުއިއްޒު މާލެއަށް ކޮށްދެއްވި ހިދުމަތްތަކަށް އެކަނި ބެލިޔަސް މާލޭގެ މޭޔަރު ކަމުގެ މަގާމަށް ވާދަކުރެވޭނެ ދެވަނަ ބޭފުޅަކު އަތް ފުނާ އަޅައިގެން ވެސް ނުފެންނާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ވިދާޅުވެފައެެވެ. 

ބޯހިޔާވަހިކަމަކީ މާލެއަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެކެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ގުޅީފަޅު ހިއްކާ އެތަނުގައި ފްލެޓް އެޅުމަށް ރޭވިއެވެ. ނަމަވެސް އޭގެ ފަހުން އައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ގުޅީފަޅުގެ އެ މަސައްކަތް ހުއްޓުނެވެ. 

މި މައްސަލައިގައި ވަރަށް ފަހުން މުއިއްޒު ވަނީ މާލެ ރައްޔިތުންނަށް ބޯހިޔާވަހިކަމަގެ ހާއްސަ މަންޒިލަކަށް ގުޅީފަޅު ހެދުމަށް ސަރުކާރަށް ގޮވާލާފައެވެ.

25%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް