ads
އެޗްޑީސީން ހިންގި ޕްރޮގްރާމް--
ހުޅުމާލެ ޔޫތު ޕާކުގައި މަރުވެފައި ހުރި މުރަކަތައް ނަގައިފި
"ސާފު ހުޅުމާލެ" ޕްރޮގްރާމުގެ ދަށުން ހުޅުމާލެ ޔޫތުޕާކު ސަރަހައްދުގައި މަރުވެފައިވާ މުރަކައާއި ގާ އަދި ކުނި ނެގުމުގެ ހަރަކާތެއް މިއަދު ކުރިޔަށް ގެންގޮސްފިއެވެ.

ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިސްވެ ހިންގި އެ ހަރަކާތުގައި ހުޅުމާލެ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕްގެ ޑެޕިއުޓީ ޗެއާޕާސަން އަލީ ނިޔާޒް ވެސް ވަނީ އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވާފަ އެވެ. ހަމައެއާއެކު އެ ސަރަހައްދަށް މޫދަށް އެރި އުޅޭ އާއްމު ފަރުދުން ވެސް ވަނީ މި ހަރަކާތުގައި ބައިވެރިވެފައެވެ.

އެ ހަރަކާތާއި ގުޅޭ ގޮތުން ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވިދާޅުވީ މި ހަރަކާތުގެ ބޭނުމަކީ މޫދަށް އެރިއުޅޭ މީހުންނަށް ގަލާއި މުރަކަތަކުގެ ސަބަބުން ދިމާވަމުންދާ ދަތިތަކާއި އުނދަގޫތައް ހައްލުކޮށްދިނުން ކަމަށެވެ.

މަރުވެފައިވާ މުރަކައާއި ގާ ނެގުމަށް ހަމަޖެހިފައިވަނީ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީގެ ލަފަޔާއި އިރުޝާދުގެ މަތިން ކަމަށް އެޗްޑީސީން ބުނެއެވެ. އަދި އެ ހަރަކާތުގެ ދަށުން ނަގާ ގަލާއި މުރަކަ އެއްގަމަށް ގެނައުމަށް ހަމަޖެހިފައި ނުވާ ކަމަށާއި އެތަކެތި ގެންދިޔުމަށް ހަމަޖެހިފައިވަނީ އާއްމުން މޫދަށް އެރިއުޅޭ ސަރަހައްދަށް ވުރެ ބޭރަށް ކަމަށް އެޗްޑީސީން ވަނީ ހާމަކޮށްފަ އެވެ.

your imageޔޫތް ޕާކްގެ މޫދު ސަރަހައްދުން މުރަކަ ނަގަނީ-- ފޮޓޯ: އެޗްޑީސީ

އެޗްޑީސީން މި ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރިއިރު، އާއްމު ބައެއް މީހުން ވަނީ ތިން މަހެއްހާ ދުވަހުގެ މުއްދަތަކަށް މި ސަރަޙައްދު ސާފުކުރުމުގެ މަސައްކަތް ކޮށްފައެވެ.

އެޗްޑީސީއިން މައުލޫމާތުދޭ ގޮތުގައި ކުރިޔަށް އޮތް ތަނުގައިވެސް މިފަދަ ހަރަކާތްތަކެއް ކުރިޔަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާނެ އެވެ.

"ސާފު ހުޅުމާލެ" މި ޝިއާރުގެ ދަށުން އެޗްޑީސީން ވަނީ މިދިޔަ މަހުގެ ތެރޭގައި ވެސް ހުޅުމާލެ ސާފުކުރުމުގެ ހަރަކާތެއް ކުރިޔަށް ގެންގޮސްފައެވެ. މިފަދަ ހަރަކާތްތަކަށް އާއްމުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް އެޗްޑީސީން ވަނީ މިކަމަށް ޝުކުރު އަދާކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް