ads
މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު---
ބިއްލޫރިޖެހި ގެއިން ބޭރު ކުރުމުން އަދިވެސް މިތިބީ ކުއްޔަށް: ޝިފާ
ބިއްލޫރި ޖެހި ގެއިން ބޭރު ކުރި ގޮތަށް އަދިވެސް ތިބީ ބިމެއް ނުލިބި ކުއްޔަށް ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ދެވެރިކަމުގެ ހައުސިން މިނިސްޓަރުކަން ޑރ. މުހައްމަދު މުއިއްޒު ނިންމާލެއްވީ މަގުމަތި ކޮށްލި ގުޅީފަޅުން ބޯހިޔާވަހިކަން ލިބުނު ފަރާތްތަކަަށް ހައްލެއް ހޯދައި ނުދެވި ކަމަށް ވިދާޅުވެ، މާލޭ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އަނަސް އަބުދުއް ސައްތާރު ކުރެއްވި ޓްވީޓް ރީޓްވީޓް ކުރައްވާ މޭޔަރު ޝިފާ ވިދާޅުވީ، މާލެ ރައްޔިތުންގެ ގޯތިތަކުގެ ޗާޓަރުތަކާއި، ބިމުގެ ޗާޓަރުތައް ނެރެ މަގަށް އުކާލި މީހާ މާލެ އަށް ކުރިމަތިލައިފި ކަމަށެވެ. 

އަދި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފު ޓެގުކުރައްވާ މޭޔަރު ޝިފާ ވަނީ "ރުއްގަސް ބުޑަށް ލޮނުއަޅާ ބިއްލޫރިގެއިން ދަމާ ބޭރުކުރި ގޮތަށް އަދިވެސް މިތިބީ ބިމެއް ނުލިބި ތަނެއްގަ ކުއްޔަށް،" ކަމަށް ވިދާޅުވެފައެެވެ. 

 

ލޯކަލް ކައުންސިލް އިންތިހާބުގެ ވާދަވެރިކަން ބޮޑުވެ މާލެ މޭޔަރުކަމަށް ޕީޕީއެމްގެ ފަރާތުން ކުރިމަތިލާފައިވާ ޑރ. މުއިއްޒު އާއި އެމްޑީޕީގެ ފަރާތުން ކުރިމަތިލާފައިވާ އަނަސް ދަނީ ހޫނު ބަހުގެ ހަމަލާތައް އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ރައްދުކުރަމުންނެވެ. އަދި އެކަމުގެ ތެރެއިން އެންމެ ބޮޑަށް ވަކާލާތުކުރައްވާ އެއް ކަމަކީ މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމާއި ބެހޭ ގޮތުންނެވެ.  

އެކަމާއި ގުޅިގެން އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އަނަސް ވިދާޅުވީ، ދެ ވެރިކަމުގެ ހައުސިން މިނިސްޓަރުކަން މުއިއްޒު ނިންމާލެއްވީ މަގުމަތި ކޮށްލި ގުޅީފަޅުން ބޯހިޔާވަހިކަން ލިބުނު ފަރާތްތަކަށް ހައްލެއް ހޯދައި ނުދެވި ކަމަށެވެ. އަނަސް ވިދާޅުވީ އެކަމުން އެކަނިވެސް ދައްކުވައި ދެނީ މާލޭގައި އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނެސްދެވޭނެ ގާބިލުކަން ޑރ. މުއިއްޒު ކިބައިގައި ނެތްކަން ކަމަށެވެ.  

މީގެ އިތުރުން އަނަސް ވަނީ ޑރ. މުއިއްޒު ހަތް އަހަރު ހައުސިން މިނިސްޓަރުކަން ކުރެއްވީ ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނެސްގެން ކަމަށް ވެސް ވިދާޅުވެފައެވެ. އަދި "ބާރުތައް ނަންގަވައިގެން މާލެ ރައްޔިތުންނަށް ދުއްތުރާ ކުރުން ނޫން ކަމެއް ނުކުރައްވާ" ކަމަށް ވެސް އަނަސް ވަނީ ވިދާޅުވެފައެވެ. 

ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް މުއިއްޒު ކުރިމަތިލުމަށް ނިންމާފައިވާއިރު، މުއިއްޒުއާ ދެކޮޅަށް ބަޔަކު އެންޓި ކެމްޕެއިން ކުރާ ކަމަށް އިދިކޮޅުން ތުހުމަތުކުރެއެވެ. އެކަމާއި ގުޅިގެން އިދިކޮޅުގެ ގިނަ މެމްބަރުންތަކެއް ދަނީ މުއިއްޒު ދިފާއުކުރައްވާ ވާހަކަދައްކަވަމުންނެވެ.  

ބޯހިޔާވަހިކަމަކީ މާލެއަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެކެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ގުޅީފަޅު ހިއްކާ އެތަނުގައި ފްލެޓް އެޅުމަށް ރޭވިއެވެ. ނަމަވެސް އޭގެ ފަހުން އައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ގުޅީފަޅުގެ އެ މަސައްކަތް ހުއްޓުނެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް