ads
ދާންދޫ އިން މީހުން ގެންދިއުން--
"ކޮއިމަލާ 4" ފެރީ އިން ދަތުރުކުރި 3 މީހަކު ޕޮޒިޓްވްވެއްޖެ
ގއ. ދާންދޫއިން އިތުރު 4 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އޭގެ ތެރެއިން ތިން މީހުންނަކީ "ކޮއިމަލާ 4" ފެރީން ދަތުރުކުރި ބައެކެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ދާންދޫ ކައުންސިލްގެ ރައީސް އިސްމާއިލް މުހައްމަދު ވިދާޅުވީ، މިއަދު އެރަށުން ކޮވިޑަށް އިތުރު 4 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށާއި އަދި ހަމަ އެ ކްލަސްޓާގައި ހިމެނޭ މީހަކު ހުޅުމާލެއިން ވެސް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. 

އިސްމާއިލް ވިދާޅުވީ، މިއަދު ފެނުނު ކޭސް ތަކަކީ އެންމެފުރަތަމަ އެރަށުން ޕޮޒިޓޮވްވި ދެމީހުންގެ ޑައިރެކްޓް ކޮންޓެކްޓުން ކަމަށެވެ. އެގޮތުން ހުޅުމާލެއިން ޕޮޒިޓިވްވި މީހާއަށް ބަލި ޖެހިފައިވާކަން އެނގުނީ، އޭނާއަކީ ވެސް ޑައިރެކްޓް ކޮންޓެކް ވެފައިވާ މީހެއްކަން އެނގުމުން ކުރި ޓެސްޓުން ކަމަށާއި އަދި ރަށުން ޕޮޒިޓިވްވި 4 މީހުންގެ ތެރެއިން 3 މީހުންނަކީ މިމަހުގެ 9 ވަނަ ދުވަހު ފެރީިން ދަތުރުކުރި މީހުންގެ ތެރޭގައި ހިމެނޭ މީހުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

މީގެއިތުރުން އިސްމާއިލް ވިދާޅުވީ، ރަށުގައި އެޅިފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަށް ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އަދި ޑައިރެކްޓް ކޮންޓެކްޓުން ހޯދައި ޓެސްޓު ކުރުމުގެ މަސައްކަތް މިހާރުވެސް ކުރެވެމުންދާ ކަމަށެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް