ads
އަނަސް އަދި މުއިއްޒު
މުއިއްޒު އާއި އަނަސް "ކޯޅުމަކަށް"!
ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު އާއި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އެމްޑީޕީގެ ސެކެރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ސޯޝަލް މީޑިއާގައި ދެބޭފުޅުން ދެބޭފުޅުންނަށް ބަހުގެ ހަމަލާތަކެއް ބަދަލުކުރައްވަން ފައްޓަވައިފިއެވެ.

ގުޅީފަޅު ޕޯޓް ތިލަފުއްޓަށް ބަދަލު ނުކުރެވެންވީ އެއްވެސް ސަބަބެއް ސަރުކާރަށް ނެތްކަމަށް ކުރީގެ ހައުސިން މިނިސްޓަރު މިރޭ ވަނީ ވިދާޅުވެފައެވެ. 

މުއިއްޒު ވިދާޅުވީ، ގުޅިފަޅުގައި އަޅަން ނިންމާފައި އޮތް ޕޯޓް ތިލަފުއްޓަށް ބަދަލު ކުރުމުގައި ޓެކްނިކަލް އެއްވެސް މައްސަލައެއް ނެތްކަމަށާއި، އެކަން ސަރުކާރުން ނުކުރަންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި "ޓެކްނިކަލީ" ބަލާނަމަ މިސަރަހައްދުގައި ޕޯޓެއް އަޅަން އޮތް އެންމެ ރަނގަޅު ތަނަކީވެސް ތިލަފުށި ކަމަށާއި އެއީ ފެންނަން އޮތް ހަގީގަތް ކަމަށެވެ.

ބެލެވޭގޮތުގައި، ގުޅިފަޅުގައި އަޅަން ނިންމާފައި އޮތް ޕޯޓާއި ގުޅޭގޮތުން އަނެއްކާވެސް މުއިއްޒު ވާހަކަ ދައްކަވާފައި މިވަނީ، އެމަނިކުފާނުގެ ކިބާގައި މާލެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ހައްލެއް ހޯދައި ދެވޭނެ ގާބިލުކަމެއް ނެތެކަމަށް މާލޭ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އަނަސް އަބުދުއް ސައްތާރު ވިދާޅުމުން އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ. 

އެގޮތުން މުއިއްޒު ވަނީ މީގެކުރިންވެސް، ގުޅީފަޅު އޮންނަން ޖެހޭނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނިންމި ގޮތަށް މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދޭ ރަށެއްގެ ގޮތުގައި ކަމަށާއި، އެރަށުގައި އަޅަން ނިންމާފައިވާ ޕޯޓް ތިލަފުއްޓަށް ބަދަލުކުރަން ޖެހޭކަމަށް ވިދާޅުވެފައެވެ. 

ލޯކަލް ކައުންސިލް އިންތިހާބުގެ ވާދަވެރިކަން ބޮޑުވެ މާލެ މޭޔަރުކަމަށް ޕީޕީއެމްގެ ފަރާތުން ކުރިމަތިލާފައިވާ ޑރ. މުއިއްޒު އާއި އެމްޑީޕީގެ ފަރާތުން ކުރިމަތިލާފައިވާ އަނަސް ދަނީ ހޫނު ބަހުގެ ހަމަލާތައް އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ރައްދުކުރަމުންނެވެ. އަދި އެކަމުގެ ތެރެއިން އެންމެ ބޮޑަށް ވަކާލާތުކުރައްވާ އެއް ކަމަކީ މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމާއި ބެހޭ ގޮތުންނެވެ. 

އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އަނަސް މިއަދު ވިދާޅުވެފައިވަނީ، ދެ ވެރިކަމުގެ ހައުސިން މިނިސްޓަރުކަން މުއިއްޒު ނިންމާލެއްވީ މަގުމަތި ކޮށްލި ގުޅީފަޅުން ބޯހިޔާވަހިކަން ލިބުނު ފަރާތްތަކަށް ހައްލެއް ހޯދައި ނުދެވި ކަމަށެވެ. އަނަސް ވިދާޅުވީ އެކަމުން އެކަނިވެސް ދައްކުވައި ދެނީ މާލޭގައި އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނެސްދެވޭނެ ގާބިލުކަން ޑރ. މުއިއްޒު ކިބައިގައި ނެތްކަން ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް