ads
ސުޝާންތު
ޑެންގީ ހުން ޖެހި ސުޝާންތު ބަލި އެނދުގައި
ބޮލީވުޑުގެ އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތަށް ޑެންގޫ ހުން ޖެހިއްޖެއެވެ.
ބޮލީވުޑުގެ އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތަށް ޑެންގޫ ހުން ޖެހިއްޖެ އެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ސުޝާންތުއަށް ޑެންގޫ ހުން ޖެހިގެން ޑޮކްޓަރުން ވަނީ އަރާމު ކުރުމަށް ލަފާ ދީފަ އެވެ. މިކަމާ ގުޅިގެން އޭނާ ވަނީ މަސައްކަތްތަކުން ބްރޭކެއް ނަގާފަ އެވެ.

ޓީވީ ޝޯތަކުގައި މަސައްކަތްކޮށް ގިނަ ބައެއްގެ ލޯބި ހޯދާފައިވާ އުމުރުން 33 އަހަރުގެ ސުޝާންތު ސިންގް ރާޖުޕުތު، ބޮލީވުޑުގައި މަސައްކަތް ކުރަމުން އަންނަތާ މިހާރު 6 އަހަރުވީ އެވެ.

ސުޝާންތަކީ ގިނަ އަންހެން ކުދިންތަކެއްގެ ހިތްތަކުން ޖާގަ ހޯދާފައިވާ ތަރިއެކެވެ.

ދެހާސް ސޯޅަ ވަނަ އަހަރު ނެރުނު ފިލްމު، އެމްއެސް ދޯނީ: ދަ އަންޓޯލްޑް ސްޓޯރީން ބޮލީވުޑަށް ތައާރަފުވި ސުޝާންތުގެ ފިލްމީ ހަޔާތް އަދި ވަރަށް ކާމިޔާބެވެ. އޭނާ އެންމެ ފަހުން ފެނިގެންދިޔަ ޗިޗޯރަށް ވެސް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް