ads
ޓްވިންކަލް އަދި އަކްޝޭ--
އަކްޝޭ އާއި ޓްވިންކަލްގެ ކައިވެންޏަށް 20 އަހަރު ފުރިއްޖެ
ބޮލީވުޑުގެ ދެ ތަރިން ކަމަށްވާ އަކްޝޭ ކުމާާރާއި ޓްވިންކަލް ކަންނާގެ ކައިވެންޏަށް މި ވަނީ 20 އަހަރު ފުރިފަ އެވެ.

އެންމެ ލޯބި އެއް ޖޯޑުގެ ގޮތުގައި ބެލެވޭ މި ދެ ތަރިން ކައިވެނިކޮށްފައި ވަނީ ޖެނުއަރީ 17، 2001 ގައެވެ. މިހާރު އެމީހުންނަށް ވަނީ ދެ ކުދިން ވެސް ލިބިފަ އެވެ. އެއީ އާރަވް އަދި ނިތާރާ އެވެ. 

މި ދެ ތަރިންގެ ލޯބީގެ ވާހަކައިގެ ތެރެއިން ފޭނުންނަށް ނޭނގޭ އެތައް ކަމެއް ވެއެވެ. ތިރީގައި އެ ވަނީ އަކްޝޭ އާއި ޓްވިންކަލްގެ ގުޅުމުގެ ފާހަގަކޮށްލެވޭ ބައެއް ކަންކަމެވެ.

ފުރަތަމަ ނަޒަރުން ލޯބި

އަކްޝޭ އާއި ޓްވިންކަލް އެންމެ ފުރަތަމަ ދިމާވީ މަޝްހޫރު މެގަޒިންއެއްގެ ޝޫޓިންގެ ތެރެއިން މުމްބާއީގަ އެވެ. އަކްޝޭ ބުނެފައި ވަނީ ޓްވިންކަލް ފެނުމާއެކު އޭނާގެ ހިތުގައި ބައިވަރު ޝުއޫރުތަކެއް އުފެދުނު ކަމަށެވެ. އެހިސާބުން ދެ މީހުންގެ ގުޅުން ފަށައިގެން ސީރިއަސް ރިލޭޝަންޝިޕަކަށް ބަދަލުވީ "އިންޓަނޭޝަނަލް ހިލާޅީ" ގެ ޝޫޓިން ތެރެއިންނެވެ. 

ޑިމްޕްލް ކަޕާޑިއާގެ ކަންބޮޑުވުން

ޓްވިންކަލްއާ ކައިވެނި ކުރަން ބޭނުންވެގެން އަކްޝޭ ވަނީ ޓްވިންކަލްގެ މަންމަ ޑިމްޕަލް ކައިރިން އެކަމުގެ ހުއްދައަށް އެދިފަ އެވެ. އެއާއެކު ޑިމްޕަލް ކަންބޮޑުވުން ފާޅުކުރި ކަމަށް ވެއެވެ. އަދި އަކްޝޭއަކީ ޓްވިންކަލްއާ އެންމެ ގުޅޭ މީހާ ނޫން ކަމަށް ޑިމްޕަލް ހީކުރި އެވެ.

"މޭލާ" އަށް ފަހު ކައިވެނިކުރުން

އަކްޝޭ ޕްރޮޕޯޒް ކުރި އިރަކީ ޓްވިންކަލް އޭނާގެ އެކްޓިން ކެރިއާއަށް ބޮޑު ސަމާލުކަމެއް ދެމުން ދިޔަ ދުވަސްވަރެކެވެ. އޭރު "މޭލާ" ރިލީޒްކުރަން އޮތީ ތައްޔާރުވެފަ އެވެ. ޓްވިންކަލް އަކްޝޭ ކައިރީގައި ބުނެފައި އޮތީ އެ ފިލްމު ބޮކްސް އޮފީހުގައި ނާކާމިޔާބުވެއްޖެ ނަމަ ކައިވެނި ކުރާނެ ކަމަށެވެ. ކަން ދިމާކުރި ގޮތުން އެ ފިލްމުވީ ބޮޑު ފްލޮޕަކަށެވެ. 

އާއިލާގެ ޗާޓެއް ކުރެހުން

އަކްޝޭ ބުނެފައިވާ ގޮތުގައި ކައިވެނީގެ ކުރިން ޓްވިންކަލް ވަނީ ދެ މީހުންގެ އާއިލާގެ ޗާޓެއް ކުރަހާފަ އެވެ. އޭގެ ބޭނުމަކަށް ވީ ދެ މީހުންނަށް ލިބޭ ދަރިންނަށް ވާރުތަ ކުރާ ފަދަ ބައްޔެއް ޖެހިދާނެތީ އެކަމަށް ސަމާލުވުން ކަމަށް ޓްވިންކަލް އޭރު ބުންޏެވެ. 

ޓްވިންކަލްގެ އެޑިޓަރަކީ އަކްޝޭ

ޓްވިންކަލްގެ އެކްޓިން ކެރިއާ ހުއްޓާލި ނަމަވެސް އޭނާއަކީ ލިޔުންތެރިއެކެވެ. އޭނާ ފޮތެއް ވެސް ނެރިފައި ވާއިރު ނޫސްތަކުގެ ކޮލަމަށް މެދުކެނޑުމެއް ނެތި ދަނީ ލިޔަމުންނެވެ. ޓްވިންކަލްގެ ލިޔުންތައް ޝާއިއު ކުރުމުގެ ކުރިން އެޑިޓް ކުރަނީ އަކްޝޭ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް