ads
ޑޮލަރު--
ބޭރުކުރާ އަދި އެތެރެކުރާ ޑޮލަރު ދިހަހާހަށް ވުރެ މަތިނަމަ ކަސްޓަމްސްއަށް އަންގަން ޖެހޭނެ
ރާއްޖެއަށް އެތެރެކުރާ އަދި ރާއްޖެއިން ބޭރުކުރާ ނަގުދު ފައިސާގެ އަދަދު 10000 ޑޮލަރަށް ވުރެ މަތި ނަމަ މިއަދުން ފެށިގެން ކަސްޓަމްސްއަށް އަންގަން ޖެހޭ ގޮތަށް ގެނައި ބަދަލަށް އަމަލުކުރަން ފަށައިފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ގަވާއިދަށް އިސްލާހު ގެނައީ މިދިޔަ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު އެވެ. 

އެ ގަވާއިދަށް ގެނައި އިސްލާހުގައި ބުނެފައި ވަނީ ރާއްޖެއަށް އެތެރެކުރާ ނުވަތަ ރާއްޖެއިން ބޭރުކުރާ ނަގުދު ފައިސާ، މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ރިޕޯޓްކުރަން ޖެހޭ އަދަދަކީ 10000 ނުވަތަ އެއަށްވުރެ މަތީ އަދަދެއްގެ އެމެރިކާ ޑޮލަރު، ނުވަތަ އެ އަދަދަށްވާ ނުވަތަ އެ އަދަދަށް ވުރެ މަތީ އަދަދަކަށްވާ ދިވެހި ރުފިޔާ ނުވަތަ ބޭރު ފައިސާ ކަމަށެވެ.

މިއަދުން ފެށިގެން ގެނެވުނު ބަދަލަށް އަމަލުކުރަން ފަށާފައިވާއިރު މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގައި ކުރިން ވަނީ ކަސްޓަމްސްއަށް ރިޕޯޓްކުރަން ޖެހޭ އަދަދަކީ 30000 ޑޮލަރަށް ވުރެ އިތުރުވާ ނަމަ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް