ads
މީރާ--
ހުޅުމާލެ މީރާ އޮފީސް ފަޅާލައިފި
ހުޅުމާލޭގައި ހުންނަ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ އޮފީސް ފަޅާލާ، އެ އޮފީހުން ވައްކަން ކޮށްފިއެވެ.

ސީއެންއެމް އަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ބުނީ، ހުޅުމާލެ މީރާ އޮފީސް ފަޅާލާ، އެތަނުން ވައްކަން ކުރި ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 8:00 ހާއިރު ކަމަށެވެ. 

މީގެ އިތުރުން މިހާރު ފުލުހުން އެސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި، މިވަގުތަށް އިތުރު މައުލޫމާތެއް ހިއްސާކުރެވެން ނެތް ކަމަށް ފުލުހުން ބުންޏެވެ.

މީރާގެ ހުޅުމާލެ އޮފީސް ފަޅާލާ އެ އޮފީހުން ވައްކަން ކުރުމުގެ ސަބަބުން ލިބުނީ ކިހާވަރެއްގެ ގެއްލުމެއް ކަމެއް މިހާތަނަށް ފުލުހުން އާންމު ކޮށްފައެއް ނުވެއެވެ. ނަމަވެސް އަދި އެ މައުލޫމާތުވެސް އާންމު ކުރާނެ ކަމަށް ފުލުހުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް