ads
އޯޝަން ޑައިވިން ސަފާރީ.. ފޮޓޯ:އެމްއެންޑީއެފް
ރޯވީ އޯޝަން ޑައިވިން ސަފާރީގައި، ފިހުނީ ސަފާރީގެ އޯނަރު: އެމްއެންޑީއެފް
މިއަދު މާފުށި ކައިރީގައި އޮތް ސަފާރީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގި ހާދިސާގައި ފިހުނީ ސަފާރީގެ އޯނަރު ކަމަށް އެމްއެންޑިއެފްއިން ބުނެފިއެވެ.

އެމްއެންޑީއެފްއިން ބުނީ، އަލިފާނުގެ ހާދިސާ ހިނގާފައިވަނީ "އޯޝަން ޑައިވިން މޯލްޑިވްސް" ނަމަކަށް ކިޔާ ސަފާރީއެއްގައި ކަމަށާއި އަލިފާން ރޯވީ އެސަފާރީގެ އިންޖީން ރޫމްގައި ކަމަށެވެ. އަދި މިހާދިސާގައި އެކަކު ފިހިފައިވާ ކަމަށާއި އެއީ ސަފާރީގެ އޯނަރު ކަމަށްވެސް އެމްއެއްޑީއެފްއިން މައުލޫމާތުދެއެވެ. 

އެމްއެންޑީއެފްއިން ބުނީ އެއީ ބިދޭސީ ފިރިހެނެއް ކަމަށާއި އޭނާ މިހާރު ވަނީ ލޯންޗެއްގައި މާފުއްޓަށް ގެންގޮސްފައި ކަމަށް އެންއެންޑިއެފްއިން ވަނީ ބުނެފައެވެ. އަދި މިހާދިސާ ހިނގިއިރު ސަފާރީގައި 13 ފަތުރުވެރިންނާއި 5 ފަޅުވެރިން ތިބި ކަމަށްވެސް ވަނީ ބުނެފައެވެ. 

އެމްއެންޑީއެފްއިން ބުނީ މިހާދިސާގެ މައުލޫމާތު ލިބުނީ މިއަދު މެންދުނު 01:24 ހާއިރު ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް