ads
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް-- ފޮޓޯ: ރައީސް އޮފީސް
އިންޑިއާގައި ކޮވިޑް ވެކްސިން ދޭން ފެށުމުން ރައީސް މަރުހަބާ ދަންނަވައިފި
ކޮވިޑް 19 އާއި ދެކޮޅަށް ހިންގާ އެންމެ ބޮޑު ވެކްސިން ދިމުނުގެ ޕްރޮގްރާމް އިންޑިއާއިން ފެށުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯހިލް، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

އިންޑިއާއިން ކޮވިޑް ވެކްސިން ޕްރޮގްރާމް ފެށުމާއި ގުޅިގެން އިންޑިއާގެ ބޮޑުވަޒީރަށް މަރުހަބާ ވިދާޅުވެ ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، އިންޑިއާއިން ފެށި ވެކްސިން ޕްރޮގްރާމަކީ ކާމިޔާބު ޕްރޮގްރާމަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ކޮވިޑް-19 ގެ ވެކްސިނާއެކު ކޮވިޑްގެ ހާލަތަށް ރަނގަޅު ހައްލެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އޮންނަ އިންޑިޔާގެ 1.3 ބިލިއަން މީހުންނަށް ވެކްސިން ދިނުމުގެ މަޝްރޫއު ފަށާފައިވަނީ އިއްޔެއެވެ.

އެގައުމުން ފުރަތަމަ ވެކްސިން ދޭން ނިންމާފައިވާ މީހުންގެ ތެރޭގައި ބަލިޖެހުމުގެ ފުރުސަތު ބޮޑު 300 މިލިއަން މީހުން ހިމެނެއެވެ. އެ އެންމެންނަކީ ވެސް ކުރިޔަށް އޮތް ހަ މަހާއި އަށް މަހުގެ ތެރޭގައި ބަލިޖެހުމުގެ ފުރުސަތު އޮތް މީހުން ކަމަށް އެ ގައުމުން ބުނެފައި ވެއެވެ.

އިންޑިއާއިން އެންމެ ފުރަތަމަ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ 30 މިލިއަން ސިއްހީ ހިދުމަތްތެރިންނަށާއި ކުރީ ސަފުގައި މަސައްކަތްކުރާ އެހެނިހެން ފަރާތްތަކަށެވެ. އެއަށްފަހު ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އުމުރުން 50 އަހަރުން މަތީގެ އަދި ބަލި ޖެހިއްޖެނަމަ ހާލު ދެރަވާނޭ ކަމަށް ބެލެވޭ 270 މިލިއަން މީހަކަށެވެ.

އިންޑިއާގައި ދެ ވެކްސިނެއް އެގައުމުގެ ރައްޔިތުންނަށް ދަނީ ދެމުންނެވެ. އެއް ވެކްސިނަކީ އޮކްސްފޯޑާއި އެސްޓްރާޒެނެކާގެ ކޮވިޑް ވެކްސިނެވެ. އެސްޓްރާޒެނެކާ އާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން މި ވެކްސިން އިންޑިއާގެ އަމިއްލަ ވެކްސިން ކުންފުންޏަކުން ދަނީ އެގައުމުގައި އުފައްދަމުންނެވެ. ދެވަނަ ވެކްސިނަކީ އިންޑިއާގެ ބާރަތު ބައޯޓެކްގެ ކޯވެކްސިނެވެ.

އަވަށްޓެރި އިންޑިއާގައި ވެކްސިން ޕްރޮގްރާމް ފަށާފައިވާއިރު، ރާއްޖެއިން އަންނަނީ މިމަހުގެ ތެރޭގައި ކޮވިޑް ވެކްސިން ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިމަހުގެ 26 ގައި ވެކްސިން ރާއްޖެ ގެނެވޭނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. 

ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖެއިން ވެކްސިން ގަތުމަށް ނިންމާފައިވަނީ ސިންގަޕޫރުގެ އެސްޓްރާޒެނެކާއިން ކަމަށް މިނިސްޓްރީ އޮފް ފިނޭސްއިން މިދިޔަ މަހުގެ 31 ވަނަ ދުވަހު ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް