ads
މުހައްމަދު އިސްމާއީލް--
މިއީ މާލެ ސިޓީއަށް އެލް ބޯޑު ޖެހި މޭޔަރަކު ހޮވަންވީ ވަގުތެއް ނޫން: މުހައްމަދު އިސްމާއިލް
މިއީ މާލެ ސިޓީއަށް އެލް ބޯޑު ޖެހި މޭޔަރަކު ހޮވަންވީ ވަގުތު ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

މުހައްމަދު އިސްމާއީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޓްރެކް ރެކޯޑެއް ނެތި ކައުންސިލް އިންތިހާބުގައި ވާދަކުރަން ޖެހުމުން ދެން ސަރުކާރު ހިމެނޭ ޕާޓީއިން ކުރާނީ އެންޓި ކެމްޕެއިން ކަމަށާއި އެއީ 2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ވެސް ކުޅުއްވި ކުޅި ބައި ކަމަށެވެ. 

އަދި ތާރީހް އިޔާދަ ކުރަން ޖާގަ ނުދެއްވުމަށް ގޮވާލާ މުހައްމަދު އިސްމާއީލް ވިދާޅުވީ މިއީ މާލެ ސިޓީއަށް އެލް ބޯޑު ޖެހި މޭޔަރަކު ހޮވަންވީ ވަގުތު ނޫން ކަމަށެވެ.

މި އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގެ ވާދަވެރިކަން ބޮޑުވެ މާލެ މޭޔަރު ކަމަށް ޕީޕީއެމްގެ ފަރާތުން ކުރިމަތިލާފައިވާ ޑރ. މުހައްމަދު މުއިއްޒު އާއި އެމްޑީޕީގެ ފަރާތުން ކުރިމަތިލާފައިވާ އަނަސް އަބްދުއް ސައްތާރު ދަނީ ހޫނު ބަހުގެ ހަމަލާތައް އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ރައްދު ކުރަމުންނެވެ. 

އަދި އެކަމުގެ ތެރެއިން އެންމެ ބޮޑަށް ވަކާލާތުކުރައްވާ އެއް ކަމަކީ މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމާއި ބެހޭ ގޮތުންނެވެ. 

އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އަނަސް ވިދާޅުވެފައިވަނީ، ދެ ވެރިކަމުގެ ހައުސިން މިނިސްޓަރުކަން މުއިއްޒު ނިންމާލެއްވީ މަގުމަތިކޮށްލި ގުޅީފަޅުން ބޯހިޔާވަހިކަން ލިބުނު ފަރާތްތަކަށް ހައްލެއް ހޯދައި ނުދެވި ކަމަށެވެ. 

އަނަސް ވިދާޅުވީ އެކަމުން އެކަނިވެސް ދައްކުވައި ދެނީ މާލޭގައި އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނެސްދެވޭނެ ގާބިލުކަން މުއިއްޒު ކިބައިގައި ނެތްކަން ކަމަށެވެ. 

މި ވާދަވެރިކަމުގައި އިދކޮޅުގެ ގިނަ ފާރަތްތަކެއް އަންނަނީ މުއިއްޒު ދިފާއު ކުރައްވަމުންނެވެ. އަދި މުއިއްޒުއާ ދެކޮޅަށް އެންޓި ކެމްޕެއިން ކުރަމުން ގެންދާ ކަމަށް ވެސް އިދިކޮޅުގެ ގިނަ ފަރާތްތަކަކުން ދަނީ ބުނަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް