ads
ކޮވިޓް ވެކްސިންގެ ފޮޓޮއެއް
ސިއްހީ ހިދުމަތްތެރިންނަށް ވެކްސިން އަށް ރަޖިސްޓްރީ ކުރުން މާދަމާ ހުޅުވާލަނީ
ރާއްޖޭގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިނަށް ސިއްހީ ހިދުމަށްތެރިންނަށް ރެޖިސްޓްރީ ވުމުގެ ފުރުސަތު މާދަމާ ހުޅުވާލަން ނިންމައިފި އެވެ.

މިރޭ އެޗްއީއޯސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއޯސީގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީގު ވިދާޅުވީ ވެކްސިން ޖެހުމަށް ރަޖިސްޓްރީ ވާން އެންމެ ފުރަތަމަ ހުޅުވާލާނީ ސިއްހީ ހިދުމަތްތެރިންނާއި ސޯޝަލް ކެއާ ވޯކަރުންނަށް ކަމަށެވެ.

 އަދި ވެކްސިން ޖެހުމަށް ރަޖިސްޓްރީވުމަށް ހުޅުވާލާފައި ވަނީ އޮންލައިންކޮށެވެ. އޮންލައިންކޮށް ރަޖިސްޓްރީ ވެވޭނީ އެކަމަށް ހާއްސަ ވެބްސައިޓް މެެދުވެރިކޮށް ކަމަށް ވެސް ޑރ. ނަޒްލާ ރަފީގު ވިދާޅުވިއެވެ.

މި މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކޮވިޑްގެ ވެކްސިން ލިބޭނެކަން ކަށަވަރުވެފައިވާ އިރު، ހެލްތު މިނިސްޓްރީން ވެސް މީގެ ކުރިން ބުނެފައި ވަނީ މި މަހުގެ ތެރޭގައި ވެކްސިން ގެނެވޭނެ ކަމަށެވެ. 

ހެލްތު މިނިސްޓްރީން ބުނެފައިވަނީ މި މަހުގެ ތެރޭގައި ވެކްސިން ރާއްޖެއަށް ގެނައުމަށް މަސައްކަތް ކުރި ނަމަވެސް މި މަހު ގެންނާނީ ކޮން ވެކްސިނެއް ކަމެއް އަދި ބުނަން ނޭނގޭ ކަމަށެވެ.

ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖެއިން ވެކްސިން ގަތުމަށް ނިންމާފައިވަނީ ސިންގަޕޫރުގެ އެސްޓްރާޒެނެކާއިން ކަމަށް މިނިސްޓްރީ އޮފް ފިނޭސްއިން މިދިޔަ މަހުގެ 31 ވަނަ ދުވަހު ވަނީ ބުނެފަ އެވެ.

މިކަމާ ގުޅޭ އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ. 

ރާއްޖޭގެ މުޅި އާބާދީއަށް ބޭނުންވާ މިންވަރަށް ވެކްސިން ގަތުމަށް ނިންމާފައިވާއިރު ރާއްޖެއިން ގަންނަ ވެކްސިނަކީ މި ވަގުތު ތައްޔާރުކޮށްފައިވާ ވެކްސިންތަކުގެ ތެރެއިން އެންމެ އެކަށޭނެ އަދި ރައްކާކުރުމަށް އެންމެ ފަހި ވެކްސިން ކަމުގައި ދުނިޔޭގެ ގިނަ ގައުމުތަކުން ވެސް ފާހަގަކުރާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. 

ވެކްސިން ރައްކާކުރުމަށް ބޭނުންވާ ފިނި ކޮށާރުތަކެއް ހެދުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރަމުންނެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ )ގެ އެހީގައި ބައިނަލްއަގުވާމީ ވެކްސިން ޕްރޮގްރާމް ކޯވެކްސްގެ ދަށުން ރާއްޖޭގެ އާބާދީގެ 20 އިންސައްތައަށް ހިލޭ ވެކްސިން ލިބޭނެ ގޮތް ސަރުކާރުން ވަނީ ހަމަޖައްސާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް