ads
ލިވަޕޫލްގެ ކޯޗް ކްލޮޕް--
ޔުނައިޓެޑު އަތުން މޮޅު ނުވެ، ލިވަޕޫލް ހަތަރުވަނައަށް
އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑު އަތުން އަމިއްލަ ދަނޑުގައި މޮޅު ނުވެވި، ލިވަޕޫލް ޓޭބަލްގެ ހަތަރުވަނައަށް ވެއްޓިއްޖެއެވެ. ޔުނައިޓެޑާއި ލިވަޕޫލުގެ މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.

މި މެޗަށް ނިކުތްއިރު، ޔުނައިޓެޑު އަތުން މޮޅުވި ނަމަ ލިވަޕޫލަށް އެއްވަނައަށް އެރުމުގެ ފުރުސަތު އޮތެވެ. އަނެއްކޮޅުން ޔުނައިޓެޑު މޮޅުވި ނަމަ އެއްވަނައިގައި ހަ ޕޮއިންޓްގެ ލީޑެއް ނެގުނީހެވެ. 

އެހެންނަމަވެސް މެޗު އެއްވަރުވެ، ފަހުން ކުޅުނު ސިޓީ އާއި ޕެލަސް މެޗުގެ ނަތީޖާއާ އެކު ލިވަޕޫލް ހަތަރުވަނައަށް ވެއްޓުނީއެވެ. އެއް މެޗު މަދުން ކުޅެ ދެވަނައިގައި އޮތީ ރޭ ޕެލަސް އަތުން ބޮޑު ތަފާތަކުން މޮޅުވި ސިޓީއެވެ. 

ޔުނައިޓެޑަށް 18 މެޗުން ލިބިފައިވަނީ 37 ޕޮއިންޓެވެ. އެއް މެޗު މަދުން ކުޅެ ސިޓީއަށް 35 ޕޮއިންޓް ލިބިފައި އެބަ އޮތެވެ. ލިވަޕޫލް ހަތަރުވަނައިގައި އޮތީ 18 މެޗުން 34 ޕޮއިންޓާ އެކު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް