ads
ހަރީމް--
ޓިކްޓޮކް ތަރި ހަރީމް ރާއްޖޭގައި ކުޅުނު ވީޑިއޯތަކަށް 25 މިލިއަން ވިއުސް ލިބުން!
ފިޒާ ހުސެއިން ނުވަތަ ޕާކިސްތާނުގެ މަޝްހޫރު ތަރި، ހަރީމް ޝާހް، އާ އަހަރާ ދިމާކޮށް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާއިރު އޭނާގެ ވީޑިއޯތައް 25 މިލިއަން ފަހަރު މީހުން މިވަނީ ބަލާފަ އެވެ.
ޕާކިސްތާނުގެ މަޝްހޫރު ކޮންޓެންޓް ކްރިއޭޓަރު ހަރީމް ޝާހް ރާއްޖޭގައި ހޭދަކުރި ޗުއްޓީގެ ތެރެއިން 70 އެއްހާ ވީޑިއޯ ކުޅެފައިވެ އެވެ. މީގެ ތެރޭގައި ބައެއް ދިވެހި ކުދިންނާއެކު ކުޅެފައިވާ ވީޑިއޯ ވެސް ހިމެނެ އެވެ.

ހަރީމްގެ ފޮލޯވަރުންގެ އަދަދު 4.9 މިލިއަނުގައި އުޅޭއިރު އޭނާ ވަނީ ރާއްޖޭގެ ގޮނޑުދޮށުގައި ހުރެ ތަފާތު ވީޑިއޯތައް ކުޅެފަ އެވެ. 

އޭގެ ތެރެއިން އެއް ވީޑިއޯއަކަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ. އެއީ އުމުރުން 36 އަހަރުގެ ހަރީމް، ރާއްޖެއަށް އައި ގޮތަށް ކުޅުން ވީޑިއޯއެކެވެ. 

އެއާޕޯޓުގައި މާސްކް ނާޅައި ޓިކްޓޮކް ކުޅުނުއިރު އެ މަންޒަރު ފެނި ފުލުހުން ނަސޭހަތްތެރި ވެސް ވި އެވެ. އެހެންނަމަވެސް ފުލުހުންނަށް ވައްތަރު ޖެއްސުމަށް ފަހު އޭނާ ދިޔައީ އެވެ. ގިނަ ބަޔަކު ވަނީ އޭނާއަށް އެއްވެސް ފިޔަަވަޅެއް ނާޅައިގެން އެއްޗެހި ކިޔާފަ އެވެ.
9%
ކަމުގޮސްފި
55%
އަޑުއެހިތާ މިހުރީ
18%
ސަތޭކައަކުން ސުމެއް
18%
ވަރަށް ސަލާމް
ކޮމެންޓްސް