ads
ދީޕިކާ އާއި ރަންވީރު
ދީޕިކާ އާއި ރަންވީރުގެ ކައިވެންޏަށް އަހަރެއް: ލޯބީގެ މިސާލެއް
ނިމިގެން މި ދަނީ ބޮލީވުޑަށް "ބޮޑު" އަހަރެކެވެ. ބޮލީވުޑުގެ ގިނަ ފަންނާނުން ކައިވެނިކުރި އިރު، ދައްކަން މި އުޅެނީ އޭގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވުނު ކައިވެނީގެ ވާހަކައެވެ. އެއީ ބޮލީވުޑުގެ ކާމިޔާބު އެކްޓަރެސް ދީޕިކާ ޕަޑުކޮން އާއި ރަންވީރު ސިންގްގެ ކައިވެނީގެ ވާހަކައެވެ.
ނިމިގެން މި ދަނީ ބޮލީވުޑަށް "ބޮޑު" އަހަރެކެވެ. ބޮލީވުޑުގެ ގިނަ ފަންނާނުން ކައިވެނިކުރި އިރު، ދައްކަން މި އުޅެނީ އޭގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވުނު ކައިވެނީގެ ވާހަކައެވެ. އެއީ ބޮލީވުޑުގެ ކާމިޔާބު އެކްޓަރެސް ދީޕިކާ ޕަޑުކޮން އާއި ރަންވީރު ސިންގްގެ ކައިވެނީގެ ވާހަކައެވެ.

ހަ އަހަރު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު ދީޕިކާ އާއި ރަންވީރު ކައިވެނި ކުރީ މިދިޔަ އަހަރު ނޮވެންބަރު މަހުގެ 14 ގައެވެ. އިޓަލީގެ ލޭކް ކޯމޯގެ ވިލާ ޑެލް ބަލްބިއާނެއްލޯގައި ވަރަށް ޕްރައިވެޓްކޮށް ބޭއްވި އެ ކައިވެނީގެ ހަފުލާގައި ބައިވެރިވެފައި ވަނީ ގާތް އެކުވެރިންނާއި ދެމީހުންގެ އާއިލާގެ މެމްބަރުން އެކަންޏެވެ.





އިޓަލީގައި ކައިވެނި ކުރި ނަމަވެސް ދީޕިކާ އާއި ރަންވީރު ވަނީ އެމީހުންގެ އާއިލާ އަށާއި ގާތް ރަހުމަތްތެރިން އަދި ފިލްމީ ދާއިރާގެ ރައްޓެހިންނަށް އަމާޒުކޮށް ބެންގަލޫރާއި މުމްބާއީގައި ވެސް ޕާޓީއެއް ބާއްވާފަ އެވެ.





ދާދި ފަހުން ދީޕިކާ ބަނޑުބޮޑުކަމަށް ވަނީ ވާހަކަތައް ފެތުރިފައެވެ. ނަމަވެސް ދީޕިކާ ބުނީ އޭނާ އަދި އޭނާގެ ފިރިމީހާ (ރަންވީރު ސިންގް) އަކީ ވެސް ކުޑަ ކުދިން ދެކެ ވަރަށް ލޯބިވާ ބައެއް ނަމަވެސް އަދި ބޭނުންވަނީ ކެރިއަރަށް ފޯކަސް ކުރަން ކަމަށެވެ.

އެގޮތުން ކައިވެންޏަށް ފަހު ދެ ތަރިން މިހާރު އުޅެމުން އަންނަނީ ފިލްމީ ދާއިރާގެ މަސައްކަތްތަކުގައި އަވަދި ނެތި އެވެ. އެގޮތުން ދީޕިކާ މިހާރު އަންނަނީ އަންނަ އަހަރު ޖެނުއަރީ މަހު ނެރުމަށް ހަމަޖެހިފައިވާ ފިލްމު "ޗަޕާކް" ގައި މަސައްކަތް ކުރަމްުނެވެ.

ރަންވީރު ދެން އެންމެ އަވަހަށް ފެނިގެންދިޔައީ "83" އިންނެވެ. ފިލްމުގައި ލީޑު ރޯލުން ރަންވީރު ފެނިގެންދާއިރު އޭނާގެ އަންހެނުންގެ ރޯލުން ފެނިގެންދަނީ ދީޕިކާ އެވެ. ފިލްމު ނެރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ 10 ވަނަ ދުވަހު ގައެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް