ads
ކެޓްރީނާ
ކެޓްރީނާ ރާއްޖޭގައި ކުރި މަސައްކަތް މި އޮތީ
މީގެ ދުވަސްތަކެއް ކުރިން ބަތަލާ ކެޓްރީނާ ކައިފް ރާއްޖެއަށް އައެވެ. ސޮނެވާފުށީގައި އޭނާ ހުރިއިރު އައިސް ކުރި މަސައްކަތް މިވަނީ ހިއްސާކޮށްފަ އެވެ.

ފޮޓޯޝޫޓަކަށް މީގެ ދެ މަސް ކުރިން އޭނާ ރާއްޖެ އައި އިރު އެ ކުރި ބުރަ މަސައްކަތް މިވަނީ ދައްކާލާފަ އެވެ. އެގޮތުން ގޮނޑުދޮށުގައި ތަފާތު ހެދުންތަކުގައި މޮޑެލް ކުރާ މަންޒަރު ފެނެ އެވެ.

ކޭ ބީއުޓީއާއެކު ޕީކޮކް މެގަޒިނަށް އޭނާ ނެގި ފޮޓޯތަކުން ރާއްޖޭގެ ޗާލުކަން ވެސް ފެނެ އެވެ.

ކެޓްރީނާ ރާއްޖެ އައިސް ބުނެފައި ވަނީ ފޮޓޯޝޫޓަށް ރާއްޖެ އައުމަކީ ބޮޑު އުފަލެއް ކަމަށެވެ. ކެޓްރީނާ ވަނީ މީގެ ކުރިން ވެސް އެކި ފަހަރު ރާއްޖެ އައިސްފަ އެވެ. 

ސަލްމާން ހާނާއެކު ކުޅުނު "މޭނޭ ޕިޔާރް ކިއު ކިޔާ" ގެ ލަވައެއްގެ މަންޒަރުތައް ވެސް ކެޓްރީނާ މީގެ ކުރިން ވަނީ ރާއްޖޭގައި ޝޫޓުކޮށްފަ އެވެ. 

33%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
44%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް