ads
ވެލިގަނޑު އައިލެންޑް ރިސޯޓު ---
ވެލިގަނޑު އައިލެންޑް ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
އއ. ވެލިގަނޑު އައިލެންޑް ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފުން ބުނީ މި އަލިފާނުގެ ހާދިސާ ރިޕޯޓުކޮށްފައިވަނީ މިއަދު 14:15 ގައި ކަމަށެވެ.

އެގޮތުން އަލިފާން ރޯވެފައިވަނީ ގެސްޓު ރޫމެއްގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި ރިސޯޓުގެ މުވައްޒަފުންގެ މަސައްކަތުން އަލިފާނގަނޑު ކޮންޓްރޯލް ކޮށްފައިވާ ކަމަށާއި، އެމްއެންޑީއެފްގެ ފަޔާ ލޯންޗް ރިސޯޓަށް ދަތުރު ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާކަމުގެ މައުލޫމާތެއް ނުލިބެ އެވެ.

މިިދިޔަ ހަފްތާގައި ވެސް ވަނީ ރިސޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފަ އެވެ. މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ ވަރު އައިލެންޑް ރިސޯޓުގެ ވަޑާންގޭގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް