ads
ފޮޓޯ: އެންޓިކިއުސް
500 ރުފިޔާގެ ވަގު ނޫޓު ދައުރުވަމުންދާ ކަމަށް ދެކެވޭ ވާހަކަތައް އެމްއެމްއޭއިން ދޮގުކޮށްފި
500 ރުފިޔާގެ ވަގު ނޫޓު ދައުރުވަމުންދާ ކަމަށް ދެކެވޭ ވާހަކަތައް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ދޮގުކޮށްފި އެވެ.

އެމްއެމްއޭއިން މިހެން ބުނެފައި މިވަނީ ސޯޝަލް މީޑިއާގައި 500 ރުފިޔާގެ ވަގު ނޫޓެއް ދައުރުވަމުންދާ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެންނެވެ. 

އެމްއެމްއޭއިން ބުނީ އެ ނޫޓުގެ ކުލަ ފަނޑުވެފައިވަނީ އޭގައި ޖެހުނު ކުލައެއް ފިލުވުމަށް ކެމިކަލް ބޭނުންކުރުމުން ކަމަށާއި އެ ނޫޓު މަރުކަޒީ ބޭންކަށް ގެނެސް ބެލިބެލުމުން އޭގެ ސައްހަކަން ކަށަވަރުކުރެވިފައިވާ ކަމަށެވެ.

އެމްއެމްއޭއިން ވަނީ އެއްވެސް ނޫޓަކާއިމެދު ޝައްކު އުފެދިއްޖެ ނަމަ އެމްއެމްއޭއަށް ގެނެސް ސައްހަކަން ކަށަވަރުކުރުމަށް އެދިފަ އެވެ.

ރާއްޖޭގައި އަލަށް ބޭނުން ކުރަން ފެށި ނޫޓު ސީރީސް ރަންދިހަފަހެއް ނޫޓުތަކުގެ 500 ރުފިޔާގެ ވަގު ނޫޓުތަކެއް އުޅޭ ކަމަށް ބުނާ މައްސަލަތައް މީގެ ކުރިން ވެސް ފެންމަތިވެފައިވެ އެވެ. 

އެހެންކަމުން އެމްއެމްއޭއިން ވަނީ އެފަދަ ނޫޓުތައް ދެނެގަންނާނެ ގޮތްތައް ވެސް އާއްމުކޮށްފަ އެވެ. އެގޮތަށް ދައުރުވާ ވަގުނޫޓުތަކުގެ ކުލައަށް ގިނަ ތަފާތުތަކެއް އައުމާއި ސައިޒުގައި ވެސް ކުޑަ ތަފާތެއްވާ ކަމަށް އަޑުފެތުރިފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް