ads
ފުލުހުންގެ މައި އިދާރާ--
ކުއްޖަކު ގްރޫމްކުރި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި
ނޯތު ސެންޓްރަލް ޕޮލިސް ޑިވިޝަންގެ ރަށެއްގައި އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމަށް ގްރޫމް ކުރި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ނޯތު ސެންޓްރަލް ޕޮލިސް ޑިވިޝަންގައި ހިމެނޭ ކ. އއ. އދ. ނުވަތަ ވ. އަތޮޅުގެ ރަށެއްގައި 15 އަހަރުގެ އަންހެން ކުއްޖަކާމެދު ޖިންސީ އަމަލު ހިންގުމަށް ގްރޫމް ކުރުވި މައްސަލައެއް މިމަހުގެ 15 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މިއަދު ކޯޓު އަމުރުގެ ދަށުން ހައްޔަރުކުރީ 23 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެ އެވެ. 

ފުލުހުން އިތުރަށް ބުނީ ކުޑަކުދިންނާ ގުޅޭ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކަކަށްވާތީ ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން ކުއްޖާ ނުވަތަ މައްސަލަ ހުށަހެޅި އަތޮޅާއި ރަށް ހާމަނުކުރާނެ ކަމަށެވެ.

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
75%
ވަރަށް ސަލާމް
ކޮމެންޓްސް