ads
ސާމްޕަލް ނެގުމުގައި ހަރަކާތްތެރި ވަނީ---
މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދު 69 ގައި
ރާއްޖެއިން އިތުރު 69 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އާންމުކުރި މައުލޫމާތުގައިވާ ގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގުނު 3،330 ސާމްޕަލުން 69 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. 

އޭގެ ތެރޭގައި ހިމެނެނީ މާލެއިން 35 މީހުންނާއި ރަށްރަށުން އަށް މީހުން އަދި ރިސޯޓުތަކުން 26 މީހެކެވެ. 

މިއާއެކު ރާއްޖެއިން ޕޮޒިޓިވްވި ޖުމްލަ އަދަދު 14،582 އަކަށް އަރާފައިވާއިރު ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 13،566 އެކެވެ. 

ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު 960 ގައި އުޅޭއިރު ހޮސްޕިޓަލުގައި ފަރުވާދޭ މީހުންގެ އަދަދަކީ 74 އެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް