ads
ފާތިމަތު އުލްފާ
އުލްފާ ގެއިން ނިކުތީ އާއިލާއާ މެދު ހިތްހަމަނުޖެހިގެން: ފުލުހުން
ގެއްލިގެން ކަމަށް އާއިލާއިން ރިޕޯޓްކޮށްފައިވާ ފާތިމަތު އުލްފާ އުޅެނީ އަމިއްލައަށް ގެއިން ފިލައިގެން ކަމަށް ފުލުހުން ބުނެފި އެވެ.

އިއްޔެ ކ. ތުލުސްދޫއަށް ނިސްބަތްވާ އުމުރުން 21 އަހަރުގެ ފާތިމަތު އުލްފާ ގެއްލިގެން އާއިލާއިން ވަނީ ޕޯސްޓެއްކޮށްފަ އެވެ. އޭގައިވާ ގޮތުން އިއްޔެ ހެނދުނުން ފެށިގެން އުލްފާ ގެއްލިގެން ދަނީ ހޯދަމުންނެވެ. އަދި ފުލުހަށް ވެސް ވަނީ ރިޕޯޓްކޮށްފައި ކަމަށް ބުނެފައިވެ އެވެ. އުލްފާ ހޯދުމަށް އާންމުންގެ އެހީއަށް ވެސް އާއިލާއިން ވަނީ އެދިފަ އެވެ.

ނަމަވެސް އޭގެ ފަހުން ސޯޝަލް މީޑިޔާގައި އުލްފާ ވަނީ ޕޯސްޓެއް ހިއްސާކޮށްފަ އެވެ. އޭގައި އޭނާ ބުނެފައިވަނީ އޭނާގެ އަގު ވައްޓާލުމަށް ސޯޝަލް މީޑިއާގައި އޭނާގެ ބޭބެ ފަތުރަމުންދަނީ ދޮގު ވާހަކައެއް ކަމަށާއި އާއިލާއިން ދަނީ ބްލެކްމެއިލް ކުރަމުން ކަމަށެވެ. 

މީގެ އިތުރުން އުލްފާ ބުނެފައިވަނީ އޭނާ ހުރީ ހެޔޮ ހާލުގައި ކަމަށާއި ހަގީގަތް ނުބަލާ ނޫސްތަކުގައި އޭނާގެ އަބުރު ކަތިލަމުން ދިޔުމަކީ ބަަލައިގަނެވޭ ކަމެށް ނޫން ކަމަށެވެ. އަދި "ވަން އޮންލައިން" ގައި ހަބަރު ޖަހާފައިވަނީ މުޅިން ދޮގުކޮށް އޭނާގެ އަބުރު ކަތިލުމަށް ކަމަށާއި އެ މައްސަލަ އޭނާ ފުލުހަށް ހުށަހަޅާނެ ކަމަށް ވެސް އުލްފާ ބުނެފައިވެ އެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން ބުނެފައިވަނީ 21 އަހަރުގެ އަންހެނަކު ގެއްލިފައިވާ ކަމުގެ މައުލޫމާތު ރޭގެ 20:30 ހާއިރު ވަނީ އާއިލާއިން ފުލުހުނަށް ރިޕޯޓް ކޮއްފައި ކަމަށެވެ.

އަދި އެ މައްސަލައާ ގުޅިގެން ފުލުހުން މިހާތަނަށް ބެލި ބެލުމުން އުލްފާ ގެއްލިފައި ނުވާ ކަމަށާއި އާއިލާއާ މެދު ހުރި ހިތްހަމަނުޖެހުންތަކަކާ ގުޅިގެން އަމިއްލައަށް ގެއިން ނިކުމެގެން ގޮސްފައިވާ ކަމަށް އެނގުނު ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

އެ މައްސަލައާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

22%
ކަމުގޮސްފި
45%
އަޑުއެހިތާ މިހުރީ
16%
ސަތޭކައަކުން ސުމެއް
16%
ވަރަށް ސަލާމް
ކޮމެންޓްސް