ހަތަރު މަސް ފަހުން އެންޑީއޭއަށް ސީއީއޯއެއް ހަމަޖައްސާފައި ވާއިރު، ޑްރަގު ފަރުވާގެ ނިޒާމުގައި ހުރި މައްސަލަތަކާ ހެދި ގިނަ ބަޔަކު މިހާރަކަށް އައިސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެންޑީއޭގެ ސީއީއޯއަކަށް މީގެ ކުރިން ހުންނެވި ހަސަން ޝަހީލް ވަނީ މިދިޔަ ސެޕްޓެމްބަރު މަހު އިސްތިއުފާ ދެއްވާފަ އެވެ. އޭނާ އިސްތިއުފާ ދެއްވީ ބަޔަކު އަބުރު ކަތިލަން އުޅޭކަމަށް ތުހުމަތު ކުރެއްވުމަށް ފަހު އެވެ.
އޭގެ ފަހުން އެންޑީއޭއަށް ސީއީއޯއެއް ހަމަޖެއްސުމަށް ތިން ފަހަރެއްގެ މަތިން އިއުލާނު ކުރަން ޖެހުނެވެ. އެތަނުގެ ސީއީއޯ ކަނޑައަޅަނީ ކޮންޓްރެކްޓު އުސޫލުން ތިން އަހަރަށެވެ.
މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން ފަދަ ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ މާސްޓާސް ޑިގްރީއެއް ހާސިލްކޮށް، ހިންގުމުގެ ދާއިރާގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ހިމެނެ އެވެ.
މި މަގާމަށް މުސާރައިގެ ގޮތުގައި މަހަކު 18،000 ރުފިޔާ އާއެކު 1،000 ރުފިޔާގެ ފޯން އެލަވަންސް އަދި ލިވިން އެލަވަންސަށް 12،500 ރުފިޔާ އާއެކު ޖުމްލަ 31،500 ރުފިޔާ ލިބޭނެ އެވެ.
ހަބީބް ވަނީ އިންޓަނޭޝަނަލް ކޮލެޖް އޮފް ބިޒްނަސް އެންޑް ޓެކްނޮލޮޖީން މާސްޓާސް ޑިގްރީ ހާސިލްކުރައްވާ، ލޯކަލް ގަވަމަންޓް އޮތޯރިޓީ އަދި ދިރާގު ފަދަ އޮފީސްތަކުގައި ހިންގުމުގެ ދާއިރާގައި އުޅުއްވާފަ އެވެ.