ads
އަލިފާނުގެ ހާދިސާ ހިނގި ބިދޭސީން އުޅޭ އެކޮމަޑޭޝަން ބްލޮކް-- ފޮޓޯ: އެމްއެންޑީއެފް
ހުޅުމާލެ ފޭސް ދޭއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ހުޅުމާލެ ފޭސް ދޭއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.

އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފޭސް ދޭއްގައި އިމާރަތް ކޮއްފައިވާ 7000 ފްލެޓް ހުންނަ ސަރަހައްދުގައި މަސައްކަތް ކުރާ ބިދޭސީން އުޅޭ އެކޮމަޑޭޝަން ބްލޮކެއްގަ އެވެ.

އެ ހާދިސާ މިއަދު 11:08 ގައި ރިޕޯޓް ކޮށްފައިވާ އިރު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސަސް އިން މިހާރު ވަނީ އަލިފާންގަނޑު ކޮންޓްރޯލްކޮށްފަ އެވެ. 

your imageއަލިފާނުގެ ހާދިސާ ހިނގި ބިދޭސީން އުޅޭ އެކޮމަޑޭޝަން ބްލޮކް-- ފޮޓޯ: އެމްއެންޑީއެފް

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވި ނަމަވެސް އަލިފާން ރޯވި އެކޮމަޑޭޝަން ބްލޮކަށް ވަނީ ގެއްލުން ލިބިފައި ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.

އެ ހާދިސާ ހިނގި ގޮތް އެމްއެންޑީއެފުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް