ads
ޕީއެސްސީން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭ ފޮތް ނެރުމުގެ ރަސްމިއްޔާތުގެ ތެރެއިން--
ފާއިތުވި އަހަރު ފުލުހުންގެ ޕީއެސްސީން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭ ފޮތެއް ނެރެފި
ފާއިތުވި އަހަރު ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑް (ޕީއެސްސީ) އިން ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށް ބަލައި ތައްޔާރުކޮށްފައިވާ ފޮތެއް ނެރެފި އެވެ.

އެކަމަށްޓަކައި މި މަހުގެ 17 ވަނަ ދުވަހު އެ ކޮމާންޑުގައި ބޭއްވި ރަސްމިއްޔާތުގައި ފޮތް ނެރެދެއްވީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ.

ފާއިތުވި އަހަރު ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށް ބަލާލައި ތައްޔާރުކޮށްފައިވާ ފޮތުގައި، ވޭތުވެދިޔަ ފަސް އަހަރު އެ ކޮމާންޑުން ބަލާފައިވާ މައްސަލަތަކުގެ ތަފާސްހިސާބާއި، މައްސަލައެއް ހުށަހަޅާ ހިސާބުން ފެށިގެން އެ މައްސަލައެއް ނިންމައި ފައިލު ކުރުމާ ހަމައަށް އަމަލުކުރެވެމުންދާ ގޮތުގެ މައުލޫމާތު ވެސް ހިމަނާފައިވެ އެވެ.

ފޮތް ނެރެދެއްވައި ކޮމިޝަނާ ދެއްކެވި ވާހަކައިގައި، އެ ފޮތަކީ ޕީއެސްސީން ކޮށްފައިވާ ވަރަށް ރަނގަޅު މަސައްކަތެެއް ކަމުގައި ފާހަގަކުރެއްވި އެވެ. އަދި މުވައްޒަފުން މަދުކަމުގައިވީ ނަމަވެސް މިދިޔަ އަހަރު ހުށަހެޅި ގިނަ މައްސަލަތައް ބަލައި ނިންމުމަށް ކޮށްފައިވާ މަސައްކަތްތައް ފާހަގަކުރެއްވި އެވެ. އަދި ފާއިތުވި އަހަރު ޕީއެސްސީން ތައްޔާރުކޮށްފައިވާ އަހުލު ޕޯޓަލްއަކީ ވެސް މުވައްޒަފުން ހޭލުންތެރިކުރުމަށް ކުރެވުނު ވަރަށް ރަނގަޅު ބިނާކުރަނިވި އުފެއްދުމެއް ކަމުގައި ވެސް ފާހަގަކުރެއްވި އެވެ.

އެ ރަސްމިއްޔާތުގައި ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުގެ ހެޑް، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ދެއްކެވި ވާހަކައިގައި ފާއިތުވި އަހަރަކީ އެ ކޮމާންޑުން އެންމެ ގިނަ އަދަދަކަށް މައްސަލަތައް ބަލާފައިވާ އަހަރުކަން ފާހަގަކުރެއްވި އެވެ. އަދި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި ވެސް ކޮމާންޑުގެ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދެވިފައިވަނީ ވިސްނުންތެރިކަމާއެކު މުވައްޒަފުން ކުރެއްވި ބުރަ މަސައްކަތުންކަން ފާހަގަކުރައްވައި އެކަމަށްޓަކައި މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވި އެވެ. އަދި މި އަހަރަށް ކޮމާންޑުން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ވެސް ހުރިހާ މުވައްޒަފުން މަސައްކަތްކުރުމަށް އެދިލެއްވި އެވެ.

މި ރަސްމިއްޔާތުގައި، ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުގައި މަސައްކަތްކުރާ މުވައްޒަފުން ބައިވެރިވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް