ރަޝިއާގެ މާކެޓުގައި ދިވެހި މަސް ފުޅާކުރުމަށް މަޝްވަރާކޮށްފި
ފާތިމަތު ސާޔާ އަހުމަދު
19 ޖެނުއަރީ 2021 - 16:24:33
ދިވެހި މަހުގެ އުފެއްދުންތައް ރަޝިއާގެ މާކެޓުގައި ފުޅާކުރުމާ ގުޅޭ ގޮތުން ދެ ގައުމުން މަޝްވަރާކޮށްފި އެވެ.
އެ މަޝްވަރާތައް ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ރަޝިއާގެ ސަފީރު ޔޫރީ މަޓެއިރީ އެވެ.
ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި މަޝްވަރާތަކުގައި ދެ ގައުމުގެ ގާތް ގުޅުން ހަރުދަނާ ކުރުމަށް ވާހަކަދެކެވުނު ކަމަށެވެ.
އޭގެ އިތުރުން ދިވެހި މަހުގެ އުފެއްދުންތައް ރަޝިއާގެ މާކެޓުގައި އިތުރަށް ފުޅާކުރުމަށް ވެސް މަޝްވަރާ ކުރެވުނު ކަމަށް ޝާހިދު ވިދާޅުވި އެވެ.
ޝާހިދު އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަވެގެން ދާނެ ކަމުގެ ޔަގީންކަން އެބަ އޮންނެވި ކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް