ads
ޗައިނާއިން ކޮވިޑްގައި މަރެއް--
ކޮވިޑް 19: ވޫހާންގެ ޑޮކްޓަރުންނަށް ދޮގުހަދަން މަޖުބޫރު ކުރުވި!
ޗައިނާގެ ވޫހާން ސިޓީއިން ކޮވިޑް 19 ފެނުނު އިރު އެކަމާ ގުޅޭ ގޮތުން އެ ސިޓީގެ ޑޮކްޓަރުންނަށް ދޮގު ހަދަން މަޖްބޫރު ކުރިކަން ހާމަވެއްޖެ އެވެ.

ކޮވިޑް 19 ގެ ވައިރަސް އެންމެ ފުރަތަމަ ވޫހާން ސިޓީއިން ފެނިގެން ދިޔައިރު އެ ވައިރަސްގެ ނުރައްކާ މިންވަރު އެ ސިޓީގެ ޑޮކްޓަރުންނަށް އިނގޭ ކަމަށާއި ނަމަވެސް ދޮގު ހެދުމަށް މަޖުބޫރު ކުރި ކަމަށް ބުނާ ވީޑިއޯއެއް މިހާރު ދަނީ ދައުރު ވަމުންނެވެ.

އައިޓީވީއިން "ދަ އައުޓްބްރޭކް" ކިޔާ ޑޮކިއުމެންޓަރީއެއްގައި  ދައްކާ ގޮތުން ޗައިނާގެ ޑޮކްޓަރުންތަކެއް ވަނީ ކޮވިޑް 19 އާއި ގުޅޭގޮތުން ދޮގު ހަދާފައިވާ ކަމަށް އެއްބަސްވެފައެވެ.

އެ ވީޑިއޯގައި އެއް ޑޮކްޓަރަކު ބުނެފައިވަނީ 2019 ޑިސެމްބަރ ފަހު ކޮޅުގައި އޭނާގެ އާއިލާ މީހަކު ކޮވިޑް 19 ޖެހިގެން މަރުވި ކަމަށާއި އަދި އޭނާއާ ގާތް އެތައް ބަދަކު ކޮވިޑްގެ ޝިކާރައަކަށް ވި ކަމަށެވެ. 

ނަމަވެސް ޖެނުއަރީ 12 ޖެހެންދެން ދުނިޔޭގެ ސިއްހީ ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ޗައިނާއިން ދިން މައުލޫމާތަށް ރިއާޔަތްކޮށް ގައުމުތަކަށް އަންގަމުން  ދިޔައީ ކޮވިޑް 19 އަކީ ގައިން ގަޔަށް ފެތުރޭ ބައްޔެއް ނޫން ކަމަށެވެ.

މީގެ އިތުރުން އެހެން ޑޮކްޓަރަކު ބުނެފައިވަނީ ޗައިނާގެ އާއަހަރު ފާހަގަ ކުރިއިރު ވެސް ކޮވިޑް 19 ގެ ބިރުވެރިކަން އޮތް މިންވަރު ސިއްހީ ފަރާތްތަކަށް އިނގޭ ކަމަށާއި ނަމަވެސް އެކަން ސިއްރު ކުރުމަށް އިންޒާރު ދިން ކަމަށެވެ.

ޗައިނާއިން ޑަބްލިއުއެޗްއޯއަށް ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ގޮތް ނޭންގޭ ބައްޔެއް 27 މީހުންނަށް ޖެހިގެން ރިޕޯޓް ކުރިއިރު ވެސް އެއީ ކޮވިޑް 19 ކަން އިނގޭ ކަމަށް ޗައިނާގެ އެ ޑޮކްޓަރު ވަނީ ބުނެފައެވެ.

މި ވާހަކަތައް ފެންމަތިވެފައި ވާއިރު ޗައިނާގެ ލެބޯޓަރީއަކުން ކޮވިޑް 19 ވައިރަސް ލީކްވީ ކަމަށް އެމެރިކާއިން ދައްކަމުން ދިޔަ ވާހަކަތަކަށް ބާރެއް މި ވަނީ ލިބިގެން ގޮސްފައެވެ.

މުޅި ދުނިޔެ ސިއްސުވާލި ކޮވިޑް 19 އުފެދުނު ގޮތެއް އަދި ފެތުރުނު ގޮތެއް ވެސް އަދިވެސް ސިއްހީ މާހިރުންނަށް ހޯދިފައެއް ނުވެއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް