ads
އުލްފާ: ފޮޓޯ ސޯޝަލް މީޑިއާ
އުލްފާ ގެންގުޅެނީ "ބްލެކްމެއިލް" ކޮށްގެން: މަންމަ
ގެއްލިގެން ކަމަށް އާއިލާއިން ރިޕޯޓްކޮށްފައިވާ ފާތިމަތު އުލްފާ އުޅެނީ އަމިއްލައަށް ގެއިން ފިލައިގެން ކަމަށް ފުލުހުން ބުނީ މިއަދުއެވެ. އަމި މިއަދު އުލްފާގެ ފޭސްބުކް އެކައުންޓުގައި އޭނާވަނީ މިހެން ބުނެ ޕޯސްޓެއްވެސް ކޮށްފައެވެ. ނަމަވެސް އާއިލާއިން އަދިވެސް އަންނަނީ މިކަން ދޮގު ކުރަމުންނެވެ.

މި މައްސަލައިގައި އުލްފާގެ އާއިލާގެ ބަހެއް ހޯދުމަށް އުލްފާގެ މަންމައަށް ގުޅުމުން ފުރަތަމަ ވެސް ބަންޑުންކޮށްލީ ނޫސްވެރިންނާއި ގުޅިގެން ހުރި ޝަކުވާތަކެވެ. އުލްފާގެ މަންމައަށް ގުޅި ކޮންމެ ނޫހަކަށް ވެސް އެއްބާރުލުންދީފައިވާނެ ކަމަށާއި، ނަމަވެސް ނޫސްތަކުގައި ސީދާ ދޮގު މައުލޫމާތު ޖަހާފައި ހުރިކަމަށް އުލްފާގެ މަންމަ ބުންޏެވެ.

އެގޮތުން އުލްފާގެ ބައްޕަ ބުނި ކަމަށް ބުނެ ވެސް ދޮގު ހަބަރު ޖަހާފައި ހުރި ކަމަށާއި، އުނި އިތުރުކޮށްގެން ބައެއް ނޫސްތަކުން މި މައްސަލައިގައި ހަބަރު ޖަހާފައިވާ ކަމަށް އުލްފާގެ މަންމަ ބުންޏެވެ.

އެއަށްފަހު މި ހާދިސާ ހިނގައި ދިޔަ ގޮތް އުލްފާގެ މަންމަ ކިޔައިދިނެވެ. އެގޮތުން އިއްޔެ ހެނދުނު ހޭލި އިރު އުލްފާ ގޭގައި ނެތް ކަމަށް އޭނާގެ މަންމަ ބުންޏެވެ. އަދި އުލްފާ އޭރު ގެއްލުނު ގޮތަށް އަދިވެސް އޭނާގެ ހަބަރެއް ނުވާ ކަމަށާއި، ފުލުހުންނަށް މިކަން އަންގައިގެން ވެސް ދަރިފުޅު ހުރި ހާލެއް އެނގިފައިި ނުވާ ކަމަށް އުލްފާގެ މަންމަ ބުންޏެވެ. އަދި މިކަމުގައި ފުލުހުންގެ ފަރާތުން ވެސް އެއްބާރުލުމެއް ލިބިފައި ނުވާ ކަމަށް އުލްފާގެ މަންމަ ބުންޏެވެ.

އޭނާގެ މަންމަ ތުހުމަތު ކުރާގޮތުން އުލްފާ ގެންގޮސްގޮސްގެން އުޅެނީ "ބްލެކްމެއިލް" ކޮށްގެންނެވެ.

މިކަމުގެ ހެއްކެއްގެ ގޮތުން އުލްފާގެ މަންމަ ބުނަނީ އޭނާ ރައްޓެހިވެެގެން އުޅެނީ ފުލުހުންގެ ވަޒީފާ އަދާކުރާ މީހަކާއެވެ. ނަމަވެސް އުލްފާގެ މަންމަ ބުނީ މިހާރު އުލްފާ "ބްލެކް މެއިލް ކޮށްގެން އުޅެނީ" އެހެން ފިރިހެނެއް ކަމަށެވެ. އަދި އެއީ ދާދިފަހުން ވަޒީފާގެ މާހައުލުން ދިމާވި މީހެއްކަމަށް ވެސް އޭނާ ބުނެއެވެ. 

ފުލުހުންގެ ވަޒީފާގައި އަދާކުރާ މީހާއާއެކު 4 އަހަރާ 10 މަސް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނުކަމަށެވެ. 

"އުލްފާ ދުނިޔޭގަ ހުރިކަމެއް ވެސް މަރުވި ކަމެއް ވެސް ނޭގޭ،" - އުލްފާގެ މަންމަ

އޭނާގެ މަންމަ ބުނޫ ބައެއް ނޫސްތަކުގައި އާއިލާއިން އުލްފާއަށް ސިހުރު ހެދިކަމަށް ތުހުމަތު ކުރި ނަމަވެސް، އެކަން އެނާ ދޮގުކުރެއެވެ. އަދި ސިހުރު ހަދާ ނަމަ ހަދާނީ އެނާ މީހާރު "ބްލެކްމެއިލް" ކޮށްގެން ގެންގުޅޭ ފިރިހެން މީހާކަމަށް ވެސް އުލްފާގެ މަންމަ ބުނެއެވެ. 

"އެހާ ދުވަސް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހާ ދޫކޮށްލާފަ ގޮސް އިއްޔެ މެންދުރު ފެނުނު މީހަކާއެކު އުޅެނީ.. އޭނާއެއް ނޫންބާއޭ އުލްފާއަށް ސިހުރު ކާންދީގެން ގެންގުޅެނީ؟، މަންބައިންނާއި ދުރަށް ލުހެލައިގެން އުފުރާލައިގެން ގެންގޮސް ބެހެއްޓީ އެނާ ސިހުރު ކާންދީންގެން ނޫންބާއޭ؟" -އުލްފާގެ މަންމަ-

އުލްފާގެ ހަބަރެއް ނުވާކަމަށް އުލްފާގެ މަންމަ ބުނުމުން، އުލްފާގެ އެފްބީ އައިޑީގެ ޕޯސްޓާއި ގުޅިގެން ސީއެންއެމް އިން ސުވާލު ކުރުމުން، އުލްފާގެ މަންމަ ތުހުމަތުގެ އިނގިލި ދިއްކުރީ އުލްފާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ބުނާ މީހާއަށެވެ. އެގޮތުން އުލްފާގެ އެފްބީ އެކައުންޓުގައި ޕޯސްޓުކޮށްފައިވާ އެއްވެސް އެއްޗަކީ އުލްފާ އަމިއްލައަށް ޕޯސްޓުކޮށްފައިވާ އެއްޗެއްހި ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އޭނާގެ މަންމަ ބުންޏެވެ.

"އެފްބީ އައިޑީ ގެންގުޅެނީ ފިރިހެން މީހާ. އެފްބީގެ ކޮމެންޓުތައް ކުރަނީ ފިރިހެން މީހާ މުޅިންވެސް. އަޅުގަނޑަށް ހަމަ ޔަގީނާ ގާތަން އިނގޭ އެހެންކަން އެހަދަނީ. ހަމަ އޭނާގެ ބަސްމަގު، އޭނާގެ ބަހުރުވަ އޭގަ އެހެރީ ހަމަ"

އުލްފާގެ މަންމަ ބުނީ ރޭގައި ފުލުހުންނަށް މައްސަލަ ހުށަހެޅުމުން، ފުލުހުން އުލްފާއާއި މުއާމަލާތް ކުރުމަށް މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އުލްފާގެ ފޯނަށް ގުޅައިގެން ވެސް އެއްފަހަރު ވެސް އުލްފާއާއި ވާހަކަ ނުދައްކާ ކަމަށާއި، ކޮންމެ ފަހަރަކުވެސް ވާހަކަ ދެއްކީ އެ ފިރިހެންމީހާ އާއި ކަމަށް އުލްފާގެ މަންމަ ބުންޏެވެ.

"މުއާމަލާތް މުޅިން ވެސް ޕޮލިހުންނަށް މި ކުރެވެނީ އުލްފާގެ ފޯނަށް ގުޅިމާ އެ ފިރިހެން މީހާއާ. މުޅިންވެސް އެމީހާއާ. އަޅުގަނޑުމެން ދިޔައީ އެ ފިރިހެން މީހާއާއި މުއާމަލާތް ކުރާކަށް ނޫން. އަޅުގަނޑުމެން ދިޔައީ އަޅުގަނޑުމެންގެ ދަރި ގެއްލިގެން، އަޅުގަނޑުމެންގެ ދަރި ވީތަނެއް ނޭނގިގެން، ދަރިފުޅު ހޯދާފަ ހުރި ތަނަކުން ހަވާލުކޮށްދޭތޯ. އެކަމު އޭނާ ފޯނަށް ގުޅިމަ ނަގަނީ މުޅިންވެސް ފިރިހެންމީހާ، ފުލުހުން މުއާމަލާތް ކުރީ ފިރިހެން މީހާއާ."

އުލްފާގެ މަންމަ ބުނީ، ފުލުހުންނަށް މައްސަލަ ހުށަހެޅުމުން ބުނީ އުލްފާއަށް 18 އަހަރުވެފައި ވުމުން ގަދަކަމުން އޭނާ ނުގެނެވޭނެ ކަމަށް ކަމަށެވެ. ފުލުހުން މިހެން ބުނިއިރު އުލްފާގެ ބަލަދުވެރިއަކީ އޭނާގެ ބައްޕަ ކަމަށާއި، އޭނާ ހުރީ އޭނާގެ ފިރިމީހާ ކައިރީ ނޫން ކަމަށާއި، ނަމަވެސް ހިލޭ ފިރިހެނެއްގެ ކައިރީގައި ކަމަށް އުލްފާގެ މަންމަ ބުންޏެވެ. އަދި އެ ފިރިހެންމީހާ އުލްފާގެ މައިންބަފައިންނަށް އިންޒާރު ދިން ކަމަށް ފުލުހުން ކައިރީ ބުނި ކަމަށް އުލްފާގެ މަންމަ ބުންޏެވެ.

"އޭނާ އަޅުގަނޑުމެންނާ ދިމާއަށް ބުނެފަ އެބައިން ތިމަންނަ އެކުއްޖާއަށް ހޭއަރުވާލާނަމޭ، ހޭއަރުވާލާފަ ދަރިއަކު ދީފައޭ ދޫކޮށްލާނީ. ދެން އެދުވަހެއް އައިއްސަ، އެ ކުއްޖާ ގެންގޮސް އެކުއްޖާއަށް ދެރަ ގޮތެއް ހެދާފަ، އެކުއްޖާ ބަނޑުބޮޑުވީމަ ފުލުހުން ޒިންމާ ނަގާނަންހޭ؟"

އުލްފާއަށް ދެރަ ކަމެއް ވެއްޖެނަމަ ހުރިހާ ދެރައަކާއި ނިކަމެތިކަމެއް ލިބޭނީ އުލްފާގެ މައިންބަފައިންނަށް ކަމަށް އުލްފާގެ މަންމަ ބުންޏެވެ. އަދި ކޮންމެ ހާލަތެއް ދިމާވިއަސް އަމިއްލަ ދަރި ދޫކޮށްލާކަށް ނުކެރޭނެ ކަމަށް އުލްފާގެ މަންމަ ބުންޏެވެ. އަދި ތަކުރާރުކޮށް އުލްފާ ހަވާލުކޮށް ދިނުމަށް އޭނާގެ މަންމަ އާދޭސްކުރިއެވެ.

ކ. ތުލުސްދޫއަށް ނިސްބަތްވާ އުމުރުން 21 އަހަރުގެ ފާތިމަތު އުލްފާ ގެއްލިގެން އާންމުންގެ އެހީއަކަށް އެދި އޭނާގެ އާއިލާއިން ފޭސްބުކް ޕޯސްޓެއް ކުރީ އިއްޔެއެވެ. ނަމަވެސް ސޯޝަލް މީޑިޔާގައި އުލްފާ ޕޯސްޓެއް ހިއްސާކޮށް ބުނެފައިވަނީ އޭނާގެ އަގު ވައްޓާލުމަށް ސޯޝަލް މީޑިއާގައި އޭނާގެ ބޭބެ ފަތުރަމުންދަނީ ދޮގު ވާހަކައެއް ކަމަށާއި އާއިލާއިން ދަނީ ބްލެކްމެއިލް ކުރަމުން ކަމަށެވެ. 

އުލްފާ ބުނެފައިވަނީ އޭނާ ހުރީ ހެޔޮ ހާލުގައި ކަމަށާއި ހަގީގަތް ނުބަލާ ނޫސްތަކުގައި އޭނާގެ އަބުރު ކަތިލަމުން ދިޔުމަކީ ބަަލައިގަނެވޭ ކަމެށް ނޫން ކަމަށެވެ. އަދި އޭނާ ގެއްލިގެން އާއިލާއިން ކުރި ޕޯސްޓާއި ހަވާލާދީ ނޫހެއްގައި ޖަހާފައިވާ ހަބަރަށް އިޝާރާތްކޮށް އުލްފާވަނީ އެ ނޫހުގައި ހަބަރު ޖަހާފައިވަނީ މުޅިން ދޮގުކޮށް އޭނާގެ އަބުރު ކަތިލުމަށް ކަމަށާއި އެ މައްސަލަ އޭނާ ފުލުހަށް ހުށަހަޅާނެ ކަމަށް ބުނެފައެވެ.

މި މައްސަލައާ ގުޅޭ ގޮތުން ފުލުހުން ބުނެފައިވަނީ 21 އަހަރުގެ އަންހެނަކު ގެއްލިފައިވާ ކަމުގެ މައުލޫމާތު ރޭގެ 20:30 ހާއިރު ވަނީ އާއިލާއިން ފުލުހުނަށް ރިޕޯޓް ކޮއްފައި ކަމަށެވެ.

އަދި އެ މައްސަލައާ ގުޅިގެން ފުލުހުން މިހާތަނަށް ބެލި ބެލުމުން އުލްފާ ގެއްލިފައި ނުވާ ކަމަށާއި އާއިލާއާ މެދު ހުރި ހިތްހަމަނުޖެހުންތަކަކާ ގުޅިގެން އަމިއްލައަށް ގެއިން ނިކުމެގެން ގޮސްފައިވާ ކަމަށް އެނގުނު ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

އެ މައްސަލައާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

9%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
69%
ވަރަށް ސަލާމް
ކޮމެންޓްސް