ads
ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ރައީސް ނަޝީދު އިންޑިއާ ސަރުކާރަށް ޝުކުރު ދަށްނަވައިފި
ކޮވިޑް 19 ގެ ހާލަތުގައި ރާއްޖެއަށް އިންޑިއާ ސަރުކާރުން ވެދެއްވާ އެހީއަށް ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާގެ ސަރުކާރަށް ޝުކުރު ދަށްނަވައިފިއެވެ.

އިންޑިއާގެ ސަރުކާރަށް ޝުކުރު ދަންނަވާ ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީއަށް ހިތުގެ އެންމެ ފުން މިނުން ޝުކުރު އަދާކުރާ ކަމަށެެވެ. އަދި އިންޑިއާގެ ސަރުކާރުން އަބަދުވެސް އަވަށްޓެރި ގައުމުތަކުގެ ސަލާމަތީ ކަންކަމަށް އިސްކަން ދިނުމުގައި ދެމިތިބީތީ އިންޑިއާގެ ސަރުކާރަށް ވެސް ޝުކުރު އަދާކުރާ ކަމަށް އެ ޓުވީޓުގައިވެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު އިންޑިއާއިން ރާއްޖެއައް އެގައުމުގެ ވެކްސިން ފޯރުކޮށްދިނުމަށް ދަނީ ތައްޔާރުވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް