ads
ފޮޓޯ؛ އެމްޓީސީސީ
ތިލަފުށީ ބަނދަރު ރިހެބިލިޓޭޓްކުރުން ވެސް ކުރިއަށް
ކ. ތިލަފުށީ ބަނދަރު ރިހެބިލިޓޭޓް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި މިނެއްގައި ކުރިއަށް އެބަދާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށް ދަނީ ވޯކްޝޮޕް އިމާރާތާއި ސިވިލް އަދި ދަގަނޑު މަސައްކަތް ކުރުމަށް ގާއިމުކުރާ އެޑްމިނިސްޓްރޭޓިވް އިމާރާތުގެ ސްޓްރަކްޗަރަލް މަސައްކަތްތައް ކަމަށެވެ. އަދި ދުއްވާ ސަރަހައްދު ގާއިމުކުރުމަށްޓަކައި ބޭނުންވާ ހޮޅިވަޅުލުމާއި ކޮންކްރީޓް މަސައްކަތްތައްވެސް ހަލުވިމިނެއްގައި ކުރިއަށްދާ ކަމަށް ބުނެފައިވެ އެވެ. 

އެ މަޝްރޫއުގެ ދަށުން، ފެންހިންދާ ނިޒާމެއް ގާއިމުކުރުމާއި، އެޑްމިނިސްޓްރޭޓިވް އިމާރާތެއް އެޅުމާއި، ދުއްވާ ސަރަހައްދެއް ގާއިމުކުރުމާއި، ފެން ރައްކާކުރާ ތަނެއް ގާއިމުކުރުމާއި، ވެހިކަލް ޕާކް ކުރާ ތަނެއް ގާއިމުކުރުމާއި، ވޯކްޝޮޕް އިމާރާތެއް އެޅުމާއި، ފިއުލް ޓޭންކް ސްޓޭޝަންއެއް ގާއިމުކުރުމުގެ މަސައްކަތް ހިމެނެ އެވެ. 

your imageފޮޓޯ: އެމްޓީސީސީ

ތިލަފުށި ހާބަރު ރީހެބިލިޓޭޝަން މަޝްރޫއުގެ ތެރޭގައި ވޭސްޓް ޕްރޮސެސިން އޭރިއާއެއް ހެދުމުގެ މަސައްކަތްތައް ހިމެނެ އެވެ. އަދި ވޯކްޝޮޕް އާއި ކޮންސްޓްރަކްޝަން އަދި ޑިމޮލިޝަން ވޭސްޓް ޕްލާންޓެއް ގާއިމްކުރުމުގެ މަސައްކަތްތައް ވެސް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެ އެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން ރިސައިކްލިން ޔާޑެއް ހެދުމާއި އެންޑް އޮފް ލައިފް ޑިސްމެންޓްލިންގް ވޯކްޝޮޕެއް ވެސް ހެދޭނެ ކަމަށެވެ. 

ތިލަފުށި ހާބަރު ރީހެބިލިޓޭޝަން މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ. މި މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހު އެވެ.

އެ މަޝްރޫއު އަށް 135.7 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް