ads
ފުވައްމުލަކު ދަނޑިމަގު ކުޅި ސަރަހައްދުގައި އަލިފާން ރޯވެފައި-- ފޮޓޯ: އެމްއެންޑީއެފް
ފުވައްމުލަކު ދަނޑިމަގު ކުޅި ސަރަހައްދުގައި އަލިފާން ރޯވެއްޖެ
ފުވައްމުލަކު ދަނޑިމަގު ކުޅި ސަރަހައްދުގައި އަލިފާން ރޯވެގެން އުޅޭ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.

އެމްއެންޑީއެފުން މައުލޫމާތުދޭ ގޮތުގައި އަލިފާން ރޯވިކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު 12:15 ގައި ކަމަށާއި އަލިފާން ރޯވެފައިވަނީ ފުވައްމުލަކު ދަނޑިމަގު ކުޅި ސަރަހައްދުގައި ކަމަށެވެ. އަދި އެއީ އެ ސަރަހައްދުގައި ހުރި ހުއިތަކުގައި ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.

މިހާރު އެމްއެންޑީއެފްގެ ޓީމުން އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ. އަދި އެ ހާދިސާ ދިމާވާން މެދުވެރިވި ގޮތެއް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް