ads
ފޮޓޯ: ފުލުހުން
ކަފިހި ހުރަހުގައި ފުލުހުންގެ ސައިކަލު ޕާކު ކުރި ސަބަބު މިއީ!
ފުލުހުންގެ ސައިކަލެއް ކަފިހި ހުރަހުގައި ޕާކުކޮށްފައި ހުއްޓާ ފެންނަ ފޮޓޯއެއް އާންމުވެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް އެތަނުގައި ސައިކަލު ޕާކުކުރަން ޖެހުނު ސަބަބު ފުލުހުން ހާމަކޮށްފި އެވެ.
އެތަނުގައި ސައިކަލު ޕާކުކޮށްފައި ހުރި ފޮޓޯއެއް އާންމުކޮށް ފުލުހުން ބުނީ އެ ފޮޓޯއަކީ ޖެނުއަރީ 14 ވަނަ ދުވަހު އެދުރު ހިޔާގެ ފްލެޓެއްގައި މީހެއްގެ ގައިގައި އަލިފާން ރޯވިކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހާދިސާ ހިނގިތަނަށް ފުރަތަމަ ދިޔަ ފުލުހުން އިމަޖެންސީ ހާލަތެއްގައި ސައިކަލް ޕާކްކޮށްފައިވާ މަންޒަރު ފެންނަ ފޮޓޯއެއް ކަމަށެވެ. 

އެ ހާދިސާގައި މީހާގެ ހެދުމުގައި އަލިފާން ހިފިނަމަވެސް ހަށިގަނޑަށް ގެއްލުމެއް ނުލިބޭކަން ފާހަގަކޮށް ފުލުހުން ބުނީ ރައްޔިތުންނަށް ދިމާވާ ކޮންމެ ބޮޑުކަމެއްގައި އެންމެ ފުރަތަމަ އެންމެ ގާތުން އެހީތެރިކަން ފޯރުކޮށްދިނުމަކީ ފުލުހުންގެ އެންމެ އިސް ވާޖިބުކަމުގައި އަބަދުވެސް ދެކޭ ކަމަށެވެ. 

ކަފިހި ހުރަހުގައި ސައިކަލު ޕާކުކޮށްފައި ހުރި ފޮޓޯ އާންމުވެ ގިނަ ބަޔަކު ވަނީ ފުލުހުނަށް ބޭނުން ތަނެއްގައި ސައިކަލު ޕާކުކުރެވޭތޯ ސުވާލު އުފައްދާފަ އެވެ. އަދި އެތަނުގައި އާންމު ރައްޔިތަކު ޕާކުކުރިނަމަ ފިޔަވަޅު އަޅާނެ ކަމަށް ބުނެ ފުލުހުންނަށް ފާޑުކިޔާފައިވެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް