ads
އިންޑިއާ ސަފީރު ސަންޖޭ ސުދީރު--
އިންޑިއާގެ ހާރިޖީ ސިޔާސަތުގައި ރާއްޖެއަށް ދެވިފައިވާ މަގާމު ފެނިއްޖެ: ސަންޖޭ
އިންޑިއާގައި ކޮވިޑް 19 ވެކްސިން ދޭން ފެށިތާ 96 ގަޑިއިރު ތެރޭގައި ރާއްޖެއަށް ވެކްސިން ފޯރުކޮށްދެވުމަކީ އެގައުމުގެ ހާރިޖީ ސިޔާސަތުގައި ރާއްޖެއަށް ދެވިފައިވާ ހާއްސަ މަގާމު ފެނިގެންދާ ކަމަށް އިންޑިއާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ 1.3 ބިލިއަން މީހުންނަށް ކޮވިޑް ވެކްސިން ދިނުމުގެ ޕްރޮގްރާމް ފެށީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެގައުމުން ބޭނުން ކުރަނީ އޮކްސްފޯޑު އަދި އެސްޓްރަޒެނެކާގެ ވެކްސިނާއި އިންޑިއާގެ ކުންފުންޏަކުން އަމިއްލައަށް އުފެއްދި ވެކްސިނެކެވެ. އޭގެ ތެރެއިން އޮކްސްފޯޑް ވެކްސިނުގެ 100،000 ޑޯޒް މިއަދު ވަނީ ރާއްޖެ ގެނެސްފަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އޮތް ރަސްމިއްޔާތެއްގައި ވެކްސިނުގެ ކޮންސައިންމަންޓް ދިވެހި ސަރުކާރާ ހަވާލުކޮށްދެއްވީ ސަންޖޭ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސަންޖޭ ވިދާޅުވީ އިންޑިއާގައި މި ވެކްސިން ބޭނުން ކުރެވެން ފެށުނުތާ 96 ގަޑިއިރުގެ ތެރޭގައި ރާއްޖެއަށް ވެކްސިންތައް ފޯރުކޮށްދެވިފައި ވާތީ އެގައުމުގެ ހާރިޖީ ސިޔާސަތުގައި ރާއްޖެއަށް ދެވިފައިވާ ހާއްސަ މަގާމު ފެނިގެންދާ ކަމަށެވެ.

ރާއްޖެއަށް ދިމާވާ ކޮންމެ ކާރިސާއެއްގައި އެންމެ ފުރަތަމަ އެހީތެރިކަން ފޯރކޮށްދޭ ބައިވެރިއަކީ އިންޑިއާކަން ފާހަގަކުރައްވާ، ސަންޖޭ ވިދާޅުވީ އިންޑިއާގެ އެހީތެރިކަމާއިއެކު ރާއްޖޭގައި ކޮވިޑް-19 ވެކްސިން ދިނުމުގެ ކެމްޕޭނެއް ފެށިގެންދާނެ ކަމަށެވެ. 

މި ވެކްސިންގެ ސަބަބުން، ދިވެހި އެތައް ފުރާނައެއް ސަލާމަތްކުރެވި، ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ލުއެއް ހޯދައިދިނުމުގައި އާއި ދިވެހި އިގްތިސާދު އަލުން އާންމު ހާލަތައް ގެނައުމުގައި އެހީތެރިކަން ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ. 

ރާއްޖެއަށް ގެނައި ބައިލައްކަ މީހުންނަށް ދެވޭނެ ވެކްސިނެވެ. އިތުރު 700،000 ޑޯޒް ހޯދުމަށް ސަރުކާރުން މިހާރު ވަނީ އެސްޓްރަޒެނެކާ އާއެކު އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އެއީ 350،000 މީހުންނަށް ވާ ވަރުގެ ވެކްސިނެވެ. އޭގެ އިތުރުން ޑަބްލިއުއެޗްއޯ މެދުވެރިކޮށް އާބާދީގެ 20 އިންސައްތައަށް ވެކްސިން ލިބޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް