ads
ވީޑިއޯ ރިޕޯޓް: -
އިންޑިއާއިން އިދިކޮޅުގެ އަނގަ ބަންދު ކޮށްލައިފި!
ރާއްޖެއާއި އިންޑިއާގެ އެކުވެރިކަމަކީ ޒަމާނުށް ސުރެ އޮންނަ ގުޅުމެކެވެ. ނަމަވެސް 2018 ވަނަ އަހަރު ރައީސް ސޯލިހް ވެރިކަމަށް އެރިފަހުން އެ ގުޅުން އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތް ފެށިއެވެ.

މިކަމާ އިދިކޮޅު ޕީޕީއެމް ޕީއެންސީގެ މެމްބަރުން ދިޔައީ ފާޑުކިޔަމުންނެވެ. ރާއްޖެއައް އިންޑިއާ ވެރިވެގަންނަށް އުޅޭކަމަށް ވެސް އެފަރާތްތަކުން ދިޔައީ ތުހުމަތު ކުރަމުންނެވެ.

އިންޑިއާ ސަރުކާރުން ރާއްޖެއައް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރު ދުއްވުމަށް އިންޑިއާގެ ސިފައިން ރާއްޖެ ސަރުކާރުން ގެނައުމާއެކު އިދިކޮޅުގެ ނުރުހުންވުމުގެ އަޑު ވަރަށް ގަދަވެގެން ދިޔައެވެ. ރާއްޖޭގައި އިންޑިއާގެ މިލިޓަރީ ބޭސްއެއް ގާއިމް ކުރަން އުޅޭކަމުގެ ތުހުމަތުތަށް ކުރެވެން ފެށިއެވެ. އަދި އެއީ އިންޑިއާ ސަރުކާރުގެ ބޮޑު ޖަރީމާއެއް ކަމަށް ވެސް އެބޭފުޅުން އަޑުހަރުކޮށް ބުނަމުން ދިޔައެވެ.

މީގެ އިތުރުން ރައީސް ސޯލިހް އަދި ކުރީގެ ރައީސް އަދި މަޖްލީހުގެ ރައީސް ރައީސް ނަޝީދު ވެގެން ރާއްޖެ އިންޑިއާއަށް ވިއްކާލަން އުޅޭކަމުގެ ވާހަކަތަކަކީ ވެސް އިދިކޮޅުން ދައްކާ ވާހަކަތަކެވެެ. ރާއްޖޭގައި އިންޑިއާގެ ބުދު ދީން ގާއިމް ކުރަން އުޅޭ ކަމަށް ވެސް އެބޭފުޅުން ތުހުމަތު ކުރެއެވެ.

ނަމަވެސް މިއަދު އިންޑިއާއިން ވަނި އިދިކޮޅުގެ އަނގަ ބަންދުކޮށް "ޓޭޕު" އަޅާލާފައެވެ. އަވަށްޓެރިންނަކީ ހިތްހެތޮ ބައެއްކަން ދައްކުވާދީފައެވެ. ރާއްޖެ އަކީ އިންޑިއާގެ ހިތުގައި ކިހާ އިސް މަގާމެއް އޮތް ގައުމެއްކަން ދަށްކުވާފައެވެ.

އިންޑިއާއިން އެގައުމުގެ ރައްޔިތުންނެކޭ ދިވެހިނެކޭ ތަފާތެއް ނުކޮށް ވެކްސިން ފޯރުކޮށްދިނީއެވެ. އިންޑިއާ ރައްޔިތުންނަށް ފަހު ދުނިޔޭގެ އެހެން ގައުމުތަކަށް އިންޑިއާއިން ވެކްސިން ފޯރުކޮށްދޭން އޮތީ، މީގެ ދެ މަސް ފަހުންނެވެ.

ނަމަވެސް އިންޑިއާ ރައްޔިތުންނަށް ވެސްކިސިން ދޭނަމަ ދިވެހިންނަށް ވެސް ދޭން ވާނެކަން މިއަދު އިންޑިއާއިން އެ ދައްކުވައިދިނީ އިންޑިއާގެ އަމަލުންނެވެ. ބަހަކުން ނޫނެވެ. ކެނޑި ފޮންޏެއް ނޫނެވެ. ދުނިޔޭގެ އެންމެ ފެންވަރުގެ ވެކްސިން ރާއްޖެއަށް ފޯރުކޮށްދިނީ އެވެ.

މިއަދު ރާއްޖެއައް އިންޑިއާއިން ވަނީ ކޮވިޑް 19 އާ ދެކޮޅަށް ހަގުރާމަ ކުރުމަށް އާ އުންމީދެށް ދީފައެވެ. ރާއްޖެއައް އިންޑިއާގެ ހިލޭ އެހީގެ ދަށުން ވަނީ އިނގިރޭސިވިލާތުގެ އޮކްސްފޯޑު ޔުނިވާސިޓީ އާއި އެސްޓްރަޒެނެކާގެ ދިރާސާގެ މައްޗަށް ބިނާކޮށް އިންޑިއާގެ ސީރަމް އިންސްޓިޓިއުޓްގައި އުފައްދަމުން އަންނަ ކޮވިޝީލްޑްގެ އެއް ލައްކަ ޑޯޒް ހަދިސާކޮށްފައެވެ.

ރާއްޖެފަދަ ކުޑަގައުމަކަށް އިންޑިއާ ފަދަ ބާރުގަދަ ގައުމަކުން ވަނީ އޯގާތެރިކަން ދަށްކާފައެވެ. މީގެންވެސް ދަށްކުވާދެނީ އިދިކޮޅުން ބުނާ ކަހަލަ ނުބައި ނިޔަށްތަކެއް އިންޑިއާގެ ހިތުގައި ނެތް ކަމެވެ.

މީގެ އިތުރުން ވެސް ތާރީހަށް ބަލާލައިފިނަމަ އިންޑިއާގެ އޯގާތެރިކަމާއި އެއްބާރުލުން ފެންނާނެވެ. ގައުމަށް ގަށްދާރުވި ބައެއްގެ ސަބަބުން ގައުމު ހާލަތު ގޯސްވެފައި އޮތް އިރުގައިވެސް އިންޑިއާއިން ވަނީ ވީހާވެސް އަވަހަށް ރާއްޖެއައް އެހީ ފޯރުކޮށްދީފައެވެ. ނޮވެންބަރު 3 ގެ ބިރުވެރި ހާދިސާގައި އިންޑިއާއިން ވަނީ ރާއްޖެއައް ފުރިހަމަ ހިމާޔަށްކަން ދީފައެވެ.

ރާއްޖޭގެ އެއްބައިވަންތަކަމުގެ ދުވަސް،  24 ޑިސެމްބަރު 2004 ގައިވެސް ރާއްޖޭގެ ރަށްޔިތުންނަށް އިންޑިއާއިން ވަނީ އެހީތެރިކަން އެންމެ ގާތުން ފޯރުކޮށްދީފައެވެ. އެ ބިރުވެރި ރާޅުގެ ސަބަބަބުން ފުޑުފުޑު ވެގެން ދިޔަ ދިވެހިންގެ ދިރިއުޅުން އާރާސްތުކޮށްދިނުމަށްވެސް އިންޑިއާއިން ވަނީ ދީލަތި އެހީ ފޯރު ކޮށްދީފައެވެ. އެއްވެސް އެއްޗެއް އޭގެ ބަދަލުގައި އިންޑިއާއިން އެދިފައެއް ނުވެއެވެ.

ފަހުގެ ތާރީހެއް މުޅުދުނިޔެއައް ދިމާވި އާލަމީ ވަބާ، ކޮވިޑް 19 ގެ ހާލަތުގައިވެސް އިންޑިއާއިން ވަނީ ރާއްޖޭގެ އަތުގައި ހިފައިފައެވެ. އިންޑިއާގެ ރަށްޔިތުންވެސް ހާލުގައި ޖެހިފައި އޮށް ދަޑިވަޅެށްގައިވެސް ހިތްހެޔޮ އަވަށްޓެރިއެއްގެ ވާޖިބު އިންޑިއާއިން ވަނީ އަދާކޮށްފައެވެ.

ރާއްޖެއަށް ވާނީ ސިއްހީ އަދި މާލީ  އެހީ ފޯރުކޮށްދީފައެވެ. ރާއްޖޭގެ އިގްތިސާދު ދަށްވެ ރަށްޔިތުން ބަނޑަށް ޖެހޭ ހިސާބުގައި އޮއްވާވެސް އިންޑިއާއިން ވަނީ ކާއެތިކޮޅު ދިއްކޮއްލާފައެވެ. އަދި އިންޑިއާގެ ފަރާތުން ސިއްހީ އާލަށްތައް ފޯރު ކޮށްދިނުމުގެ އިތުރުން ބަލިމީހުންނަށް ފަރުވާދޭނެ ޑޮކްޓަރުންވެސް އިންޑިއާއިން ފޯރުކޮށްދިނެވެ.

މިއަދު އިންޑިއާއިން ވަނީ އިހްސާންތެރިކަމުގެ ލާމަސީލުކަންދައްކުވާދީފައެވެ. ހިލޭ އެހީގެދަށުން ރާއްޖޭގެ ރަށްޔިތުންނަށް ވެކްސިން ފޮރުކޮށްދީފައެވެ.

މި އަމަލުގެ ސަބަބުން އިދިކޮޅުން އެއްޗިިހި ކިޔަމުންދާ ބޭފުޅުންގެ އަނގަ މިހާރު ބަންދުވެއްޖެއެވެ. ސަރުކާރުން އިންޑިއާ އެކު ބަދަހިކުރި އެކުވެރިކަމަށް ފާޑުވިދާޅުވި ބޭފުޅިން ފިއްލަވައިފިއެވެ. އިންޑިއާއިން އަނެއްކާވެސް ފުރިހަމަ ރަހުމަތްތެރި އެއްގެ ރޯލްގެ އިތުރުން އޯގާތެރި އަވަށްޓެރިއެއްގެ މިސާލުވެސް މިއަދު ދަށްކުވައިދީފިއެވެ.

ރައީސް ޔާމިން ހުންނެވި ނަމަ ދިވެހިން މިހާރު ތިބޭނީ ވެކްސިން ޖަހައިގެން ކަމަށް ބުނެ ފާޑޫކީ މީހުންގެ ގަނގައިގައި އިންޑިއާއިން ޓޭޕު މި އަޅާލީ ނުހަނު ބާރުކޮށެވެ. ބައިލައްކަ ޑޯޒުގެ ކޮވިޑް ވެކްސިނުންނެވެ. 

57%
ކަމުގޮސްފި
4%
އަޑުއެހިތާ މިހުރީ
29%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް