ads
2019 އަހަރުގެ ނޫސްވެރިކަމުގެ އިނާމް ލިބުނު ނޫސްވެރިން--
ނޫސްވެރިކަމުގެ އިނާމު ދިނުން މެއި ތިނެއްގައި
2020 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފްލާ އަންނަ މެއި މަހުގެ ތިން ވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އެގޮތަށް ނިންމާފައި ވަނީ ކައުންސިލްގެ 2021 ވަނަ އަހަރުގެ 3 ވަނަ ޖަލްސާގަ އެވެ. 

އެ ޖަލްސާގައި މެއި މަހުގެ ތިން ވަނަ ދުވަހު ނޫސްވެރިކަމުގެ އިނާމް ދިނުން ބާއްވަން ނިންމާފައިވާއިރު އެ ދުވަހަކީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ. 

މެއި މަހުގެ ތިނެއްގައި އާންމުކޮށް އެ ހަފްލާ ބާއްވަމުން އައި ނަމަވެސް މިދިޔަ އަހަރު، 2019 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފްލާ ބާއްވާފައި ވަނީ ކޮވިޑް-19 އާ ގުޅިގެންނެވެ. ޑިސެމްބަރު މަހުގެ ތެރޭގައި އެ ހަފްލާ ބޭއްވިއިރު 11 ދާއިރާއަކުން 10 ނޫސްވެރިއަކަށް އިނާމް ލިބިފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް