ކަންގްނާ
ކަންގްނާ ޓުވިޓާއިން ބޭން ކޮށްފި
Share
ބޮލީވުޓްގެ ތަރިންގެ ތެރެއިން ކަންގަނާއަކީ ވަރަށް ފާހަގަކޮށްލެވޭ ތަރިއެވެ. އޭނާ ކުޅޭ ފިލްމުތަކުގެ ސަބަބަކުން ނޫނެވެ. ބޮލީވުޑްގެ ކަޅު އަދިރި ހަގީގަތް އާމުންގެ ކުރިމަށްޗަށް ގެނައުމަށް އޭނާ ކުރާ މަސައްކަތުންނެވެ. އަދި ބޮޑެތި ތަރިންނާ ދިމާލަށް ޖެހިލުމެށްނެތި ކަންގަނާ އެއްޗިހި ކިޔާތީއެވެ.
Advertisement

މިފަހަރު ކަންގަނާގެ ހިޔާލުފާޅުކުރުންތަކުގެ ސަބަބުން ޓުވިޓާއިން ވަނީ އޭނާ ދުވަސް ކޮޅަކަށް ބޭން ކޮށްފައެވެ. 

މިކަން ކަންގަނާ ހާމަކޮށްފައިވަނީ ބުދަދުވަހުއެވެ. ކަންގަނާ ޓުވިޓާއިން އޭނާ ބޭން ކުރި ހަބަރު ސޯޝަލް މީޑިއާގައި އާންމުކުރަމުން ބުނެފައިވަނީ އޭނާ ސޯޝަލް މީޑިއާގއި ހިޔާލުފާޅުކުރުން ބަންދުވެގެން ދިޔަސް އޭނާގެ ހިޔާލާ ފިކުރު އޭނާ ދެން ފާޅު ކުރާނީ ފިލްމުތަކުން ކަމަށެވެ.  އެއީ ދޭޝް ބާރަތްގެ ގޮތުގައި ކަމަށްވެސް ކަންގްނާ ދަނީ ބުނަމުންނެވެ.

ކަންގްނާ ޓުވިޓާގއި ބޭން ކުރިކަން ބެލުންތެރިންނަށް އިގުމާއެކު ވަރަށް ގިނަ ފަރާތްތަކުން ދަނީ ސަސްޕެންޑް ކަންގަނާ ރަނައުތް ހޭސްޓެގް ޝެއާ ކުރަމުންނެވެ.

މިކަމާ މެދު ކަންގަނާ ބުނެފައިވަނީ ރޭންގްސް ސަސްޕެންޑް ކުރުމުން ދެން އޭނާ ޓުވިޓާއަށް އަބުރާ އައިސް އޭނާއާ މަލާމާތް ކުރާ ފަރާތްތަކަށް ކުޅި ދައްކާލާނެ ކަމަށެވެ. އަދި މުޅި ދުނިޔެއަށް ވެސް އަސްލު އޭނާ އަކީ ކާކުކަން ދައްކާލާނެ ކަމަށް ވެސް ކަންގަނާ ވަނީ ބުނެފައެވެ.

ކަންގަނާ އަކީ ސޯޝަލް މިޓީގައި ފާޑުފާޑުގެ ވާހަކަތަށް ދައްކާ އިންޒާރުދޭ ތަރިއެއް ގޮތުގައި ބޮލީވުޓްގެ އެކިފަރާތްތަކުން ފާހަގަ ކުރެއެވެ. ހާއްސަކޮށް ކަންގަނާ ދަނީ މިދިަ އަހަރު ސުޝާންތް ރާޖްފުތްގެ މަރާއެކު ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް އަދުގަދަ ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް