ads
ކައިވެނި ހަފްލާއެއް--
21-01-21: މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ކައިވެނި މިއަދު
ފެމިލީ ކޯޓުން މިއަދު 50 ކައިވެނި ކޮށްދިނުމަށް ހަމަޖައްސާފައިވާ ކަމަށް އެ ކޯޓުން ބުނެފި އެވެ.

ކޮންމެ އަހަރަކުވެސް ރީތި ތާރީހުތަކާ ދިމާކޮށް ގިނަ ބަޔަކު ކައިވެނި ކުރެ އެވެ. މިއަދަކީ މި އަހަރުގެ ފުރަތަމަ ރީތި ތާރީހެވެ.

މިއަދުގެ ތާރީހުގައި ރާއްޖޭގެ ފެމިލީ ކޯޓުން 50 ކައިވެނި ކޮށްދިނުމަށް ހަމަޖައްސާފައިވާ ކަމަށް އެ ކޯޓުގެ ރަޖިސްޓަރާ އަހުމަދު ނަޝީދު ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ.

އެގޮތުން މިއީ 2021 ވަނަ އަހަރު ފެށުނު ފަހުން ފެމިލީ ކޯޓުން އެއް ދުވަހަކު ކޮށްދިނުމަށް ހަމަޖައްސާފައިވާ އެންމެ ގިނަ ކައިވެނި ކަމަށް ނަޝީދު ވިދާޅުވި އެވެ.

ފެމިލީ ކޯޓުން މީގެ ކުރިން ވަނީ މި އަހަރުގެ ހުރިހާ ދުވަހެއްގައި ކައިވެނި ކޮށްދޭނެ ކަމަށް ބުނެފަ އެވެ. އަދި މި އަހަރު ކައިވެނި ކޮށްދިނުމަށް ނިންމާފައިވާ ގަޑިތައް ވެސް ވަނީ އާންމު ކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް